ކޮވިޑް ކޭސްތައް އިތުރުވާތީ ލަންކާ ފުރަބަންދަށް!

b_sHEZrsecsnfyNW6oOKjt04mZw.jpg

ލަންކާގައި ކޮވިޑް ސާމްޕަލް ނަގަނީ

ކޮވިޑް-19ގެ ކޭސް ތައް އިތުރުވަމުން އަންނާތީ ސްރީލަންކާ ފުރަބަންދު ކޮށްފިއެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިރޭ 10:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް މުޅި ލަންކާ ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ފުރަބަންދު ކުރިނަމަވެސް ، ޒަރޫރީ ހުރިހާ ހިދުމަތެއް ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ލަންކާ ފުރަބަންދަށް ދާއިރު ، މިދިޔަ ބުދަ ދުވަހު އެގައުމުން ވަނީ ކޮވިޑް ޖެހިގެން 187 މީހުން މަރުވެފައެވެ. މިއީ ރެކޯޑު އަދަދެކެވެ. ހަމަ އެދުވަހު ކޮވިޑު ޖެހިގެން 3،793 މީހުން ރިޕޯޓު ކޮށްފައިވެއެވެ. މިއީ މީގެ މަހެއް ކުރިން ރިޕޯޓްކުރި އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

އެކަމާ ގުޅިގެން އެގައުމުގެ ސިއްހީ ހިދުމަތްތެރިންނާއި ސިޔާސީ ފަރާތްތަކުން އަދި ވިޔަފާރިވެރިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަގުތުން ފުރަބަންދު ކުރަން ގޮވާލައިފައެވެ.

ލަންކާގައި މިހާރުވެސް ވަނީ ސްކޫލުތަކާއި ޖިމްތަކާއި ސްވިމިން ޕޫލްތައް ބަންދުކޮށް، ކައިވެނި ހަފުލާތަކާއި މިއުޒިކް ޝޯތައް ބޭއްވުން މަނާކޮށްފައެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެގައުމުގައި ވަީ ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top