އޭދަފުށިން މަރުވި މީހަކު ކޮވިޑަށް ފައްސި!

DSCN0022.jpg

އޭދަފުށި

އޭދަފުށިން މަރުވި އުމުރުން ދުވަސްވީ ފިރިހެނަކު ކޮވިޑަށް ފައްސިވެއްޖެ އެވެ

އޭނާ ކުއްލި ގޮތަކަށް ނިޔާވި ނަމަވެސް ރޭ ވެސް އޭނާގެ ހާލު ރަނގަޅު ކަމަށާ 85 އަހަރުގެ އެމީހާ ކޮވިޑަށް ފައްސިވެފައިވާ ކަން އެނގުނީ މަރުވުމަށް ފަހު ހެދި ކޮވިޑް ޓެސްޓުންކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާގެ ހާލު ރެއާހަމައަށް ރަނގަޅުކަމަށާ މިއަދު ހެނދުނު ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮވިޑްބަލީގައި މަރުވާ މީހުންނާ މެދު އަމަލުކުރަން އޮންނަ އުސޫލުގެ މަތިން ކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.

ކޮވިޑު ޖެހިފައިވާ މީހަކު މަރުވެއްޖެނަމަ ވީ އެންމެ އަވަހަކަށް ވަޅުލުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވީހާވެސް މަދު ބަޔަކަށް މޫނު ދެއްކުމަށްވެސް ވަނީ އަންގާފަ އެވެ.

އޭދަފުށީގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ މިހާރު ވަނީ ޚާއްސަ ހާލަތްތަކުގައި ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކޮށް ކާފިއު ހިންގާފައެވެ.

ރޭގެ ނިޔަލަށް އޭދަފުށީގައި ކޮވިޑަށް ފައްސިވެފައިވާ 85 މީހުން ތިބި ނަމަވެސް މިއީ މިބަލީގައި އޭދަފުށިން މަރުވި ފުރަތަމަ މީހާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top