ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

hgjb.jpg

އެކި މައްސަލަތަކުގައި ބ.ދަރަވަންދޫ ފުލުހުންގެ ޑެސްކުގެ ބެލުމުގެދަށަށް ގެންގޮސްފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ތަކެއް ނައްތާލައިފިއެވެ.

މިތަކެއްޗަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރ 1 ވަނަދުވަހުން  ފެށިގެން 2023 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. އެގޮތުން، ނައްތައިލާފައިވަނީ 527 ފުޅި ބަނގުރާ އަދި 297 ދަޅު ބިޔަރެވެ. މިތަކެތި ނައްތާލާފައިވަނީ ޖޫން 14 ވަނަ ދުވަހު އެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top