ކަރާގެ އަގު ފަސްމުގޫން ވައްޓާލައިފި

DSCN8040.jpg

ކަރާގެ އަގު ބ. އަތޮޅުގައި ފަސްމުގޫން ވައްޓާލައި ކިލޯއެއް 15 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.

އޭދަފުށީގައި ރީޓޭލް އަދި ހޯލްސޭލް ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން އަންނަ ފަސްމުގޫން ބުނީ ކަރާގެ އަގު ދަށްކުރީ ބޭރުން ކަރާ ގަންނަން ލިބޭއަގު ދަށްވެފައިވުމުންކަމަށެވެ. ފަސްމުގޫގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރ އިސްމާއީލް ޝަހީމް ބުނީ އެފިހާރައިން ބޭނުންވަނީ ރޯދަމަހަށް ކަސްޓަމަރުން ބޭނުންވާ މެވާއާއި، ތަރުކާރީ ވީހާވެސް ކުޑައަގަކަށް ފޯރުކޮށްދިނުންކަމަށާ، އިތުރު ތަކެތި އަގު އަދިވެސް ހެޔޮވާނެކަމަށެވެ.

“މާލޭގައިވެސް ކަރާ ކިލޯއެއް 20ރ އަށް ހުންނާނީ މިއަދު. އެކަމަކު ފަސްމުގޫން މިހާރު ވައްކާނީ 15ރ އަށް ކިލޯއެއް. އެއީ އިންޑިޔާ ރަތްކަރާ. ފިޔާ އަލުވި ބިސްވެސް ހުންނާނީ ވަރަށް ހެޔޮކޮށް. ދެން އަދިވެސް ހެޔޮވާން ހުންނާނީ. މޭވާގެ ބާވަތްތަކާ ތަރުކާރީވެސް ދާނީ ހަމަ އަގު ދަށްވަމުން”

ރަމަޟާންމަސް ފެށުނު އިރު ބ. އަތޮޅުގައި 30ރ އަށް ކަރާ ކިލޯއެއްގެ އަގު ހުރިނަމަވެސް ފަހުން 35ރ އަށްވެސް ކަރާގެ އަގު ބަދަލުވިއެވެ. ކަރާގެ އަގު ކުއްލިއަކަށް ދަށްވާންފެށީ އިންޑިޔާ ކަރާ މާލޭގެ ބާޒާރުން ހެޔޮ އަގުގައި ގަންނަން ލިބެންފެށުމުންނެވެ.

ކަރާގެ އަގު ބޮޑުތަނުން ދަށަށް ދިޔައިރު، މިދިޔަ ހަފްތާ ބިހާއި، އަލުވި އަދި ފިޔާގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ހެޔޮވެފައެވެ. އަނެއްކޮޅުން މަސްވެރިކަންވެސް އާދައިގެ ގޮތެއްގައި ބ. އަތޮޅުގައި ރަނގަޅުކަމަށް މަސްވެރިން ބުނެއެވެ. ނަމަވެސް ފަނި ގިރުމަށް އެންމެ ގިނަ ބަޔަކު ބޭނުންވާ ކުރުނބާގެ އަގު އަދިވެސް ދަނީ މައްޗަށެވެ. ކުރުނބާ ބާޒާރުން ލިބެންވެސް ނެތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top