ފޭލި ގޯތީގައި ހަތަރުބުރީގެ އިމާރާތެއްގެ ބިންގާއަޅައި މަސައްކަތް ފަށައިފި

DSCN8764.jpg

ފޭލި ޖަމްއިއްޔާގެ ފައުންޑަރ މެމްބަރު، އަބްދުއްރައްޒާޤް މުހައްމަދާއި، ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު،ފޭލި ހައުސްގެ ބިންގާ އަޅުއްވައިދެއްވަނީ --އީވީ ފޮޓޯ

ބ. އޭދަފުށީގެ އަމިއްލަ ޖަމިއްޔާ އެއްކަމުގައިވާ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖު (ފޭލި ޖަމްއިއްޔާ) އަށް އޭދަފުށިން ދޫކޮށްފައިވާ ގޯތީގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ބިންގާ އަޅައި މަސައްކަތް ފަށައިފިއެވެ.

މިއަދު ހަވީރު ފޭލި ގޯތި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފޭލި ޖަމްއިއްޔާގެ ފައުންޑަރ މެމްބަރު، އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާޤް މުހައްމަދާއި، ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރެވެ. މިއަދު އިމާރާތުގެ ބިންގާ އެޅިއިރު މިދިޔަ ހަފްތާ ގައި ވަނ|ީއިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށް ފޭލިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޭލި ޖަމްއިއްޔާގެ ނައިބްރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ފޭލި ހައުސް އިމާރާތަކީ ފޭލި ޖަމިއްޔާއިން ވަރަށް ކުރިއްސުރެ ދެކެމުން އަންނަ ހުވަފެނެއްކަމަށާ، މިއިމާރާތަކީ މުސްތަގްބަލްގައި އޭދަފުށީގެ ރައްޔިތުންނަށް ނަމޫނާ ދައްކައިދޭ މަރުކަޒަކަށް ވެގެންދާނޭކަމަށެވެ. އަދި ފޭލި ޖަމްއިއްޔާގެ ކުރިމަގު ބައްޓަން ކުރަމުން އަންނަގޮތް އޭދަފުށީގެ ޖަމްއިއްޔާތަކުން ބެލުމަކީ މުހިއްމު ކަމެއްކަމަށްވެސް މުހައްމަދު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންގެ ޖަމްއިއްޔާގެ ކުރިމަގު ބައްޓަން ކުރަމުން މިއަންނަގޮތް ނަމޫނާއަކަށް ބައްލަވައިގެން ކުރިޔަށް ގެންގޮސްފިނަމަ އަޅުގަނޑުމެންނަށް އެދެވޭ ނަތީޖާ ހާސިލް ކުރެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އިރާދަކުރެއްވިއްޔާ ﷲ މިންވަރުކުރައްވާނެ. އަޅުގަނޑުމެންނަށްވެސް ގޮންޖެހުންތައް ދިމާވޭ. އެހެންނަމަވެސް މިއޮތްފެންނަ ހުސްބިން އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ފެންނާނީ އޭދަފުށީގެ ރައްޔިތުންނަށް ނަމޫނާ ދައްކާ މަރުކަޒަކަށް” ބ. އަތޮޅު ހޮސްޕިޓަލްގެވެސް މެނޭޖަރުގެ މަގާމްގައިހުންނެވި ރަޝީދު ވިދާޅުވިއެވެ.

ފޭލި ޖަމްއިއްޔާއިން ބުނީ މިއަދު ބިންގާ އެޅުނު އިމާރާތް ހަތަރު ފްލޯއަކަށް ހެދިގެންދާއިރު އޭގެތެރޭގައި ވިޔަފާރި އުސޫލުން ބޭނުންކުރެވޭ ގުދަނަކާއި، ރެސްޓޯރަންޓް އަދި އޮފީސް އިމާރާތާއި، ކޮންފަރެންސް ހޯލްފަދަ ތަންތަން ހިމެނިގެންދާނޭކަމަށެވެ. އެޖަމްއިއްޔާއިން ބުނީ މިއިމާރާތް ނިމޭއިރު 8-10 މިލިޔަން ރުފިޔާވަރު ހަރަދުކުރެވޭނެކަމަށާ، މިއީ ފޭލި ޖަމްއިއްޔާގެ އަމިއްލަ ހަރަދުގައި ކުރެވޭ އިމާރާތެއްކަމުގައެވެ. ފޭލި ޖަމްއިއްޔާގެ ގޯތީގެ އެއްބައިގައި އިމާތާރެއް އެޅުމަށް މިއަދު ބިންގާއެޅިއިރު، އެގޯތީގެ އަނެއްބައި އިމާރާތް ކުރުމަށްފަހު އޭދަފުށީ ފަސްމުގޫ ގްރޫޕަށް މީގެ ދެތިން އަހަރު ކުރިން ފެށިގެން ހުރީ ކުއްޔަށް ދޫކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top