ކޮވިޑް -19 : ކުރިއަށް އޮތް ދެހަފްތާގައި މާލެ ދިއުން ރައްކާތެރިއެއް ނޫން

img_md_202004291038161588181896.6969.jpeg

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް / ފޮޓޯ:ރައީސް އޮފީސް:

ކުރިޔަށް އޮތް ދެ ހަފްތާގައި މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިންތިހާއަށް މައްޗަށް ހިނގައިދާނެތީ، މި މުއްދަތުގެ ތެރޭގައި މާލެއަށް މީހުން އައުން ރަނގަޅު ނޫން ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑ-19 އާބެހޭ މައުލޫމާތު ދިނުމަށް ކޮންމެ ރެއަކު ދަރުބާރުގޭގައި ބާއްވާ ނޫނސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އައި ކަމަށްވިޔަސް ކުރިޔަށް އޮތް ދެ ހަފްތާގައި ކޮވިޑް19 މިހާރު ފެތުރިފައިވާ މިންވަރަށް ވުރެ ބޮޑަށް ރާއްޖޭގައި ފެތުރިދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކޮށްފައި އޮތުމުން އެ މަސައްކަތަކަށް މަޑު ޖެހުމެއް އަތުވެދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިން ތިބި ގައުމުތަކުން ކޮވިޑް19 ފެނިފައިވީ ނަމަވެސް މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯ ލެނބުން ކަމަށެވެ.

މަބްރޫކް މިފަދައިން ވިދާޅުވިއިރު ކުރިޔަށް އޮތް ދެ ހަފްތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް މިދިޔަ ހޯމަ ދުވަހުވަނީ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top