ކަށިކެޔޮ

kashikeyo.jpg

ކަށިކެޔޮ އަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާ އެކެވެ. ކަށިކެޔޮ ހުންނަނީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާ ވަކެއް ޖެހި ފިތި ބާރުވެފައެވެ. ކަށިކޭލުގެ ތަފާތު ވައްތަރުތައް ދިވެހިރާއްޖޭގައި ވެސް ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މޭވާ އެކެވެ. އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. އަދި ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެން ވެސް ބޭނުންކުރެއެވެ.
ކަށިކޭލުން ލިބޭ ޞިއްޙީ ފައިދާތައް
އެންޓި އޮކްސިޑެންޓްގެ ބާރު : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަށިކެޔޮ މުލުގައި އެންޓި އޮކްސިޑެންޓްގެ ބާރު ހުރެއެވެ. އެގޮތުން ޕޮލީފީނޯލް އަދި ފްލޭވެނޮއިޑް ތައް އަދި ކެމިކަލްތައް ވަނީ މީގެ މުލުން ސައިންސްވެރިން ހޯދާފައެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

– ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަށިކެޔޮ ފަތުގައި ވެސް ފައިޓޯކެމިކަލްތަކާއި އެންޓި އޮކްސިޑެންޓްތައް އެކުލެވެއެވެ. އޭގެ ތެރޭގައި، ކާބޯހައިޑްރޭޓް، އެލްކަލޮއިޑްސް، ސްޓީރޮއިޑްސް، ސްޓީރޯލްސް، ފީނޯލްސް، ޕްރޮޓީންސް، އަދި ގްލައިކޯސައިޑްސް ފަދަ މާއްދާތައް ހިމެނެއެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

• އެހެން ބައެއް ފައިދާތައް :-
o ޖުޒާމު ބަލި، ކަށިވިދުރި ، ފާރުގަނޑު ފަސޭހަވުމަށް އެހީތެރި ވެއެވެ.
o ހުންތިރިކުރުމަށް އެހީތެރި ވެއެވެ.
o ހަމުގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއެވެ.
o ކަންފަތުގައި ރިހުން ކުޑަކޮށް ލުއިކޮށްދެއެވެ.
o ބަނޑު ފަސޭހަކޮށްދެއެވެ.
o މޭގައި ރިހުން ލުއިކޮށް ދެއެވެ.
o ވިހެއުމަށްފަހު މައިމީހާގެ ޙާލަތު އެނބުރި ކުރީގެ ހާލަތަށް ރުޖޫޢަވުން އަވަސްކޮށް ދެއެވެ.
o ބަނޑުގައި ރިހުން ކުޑަކޮށް ދެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.

• ކަށިކޭލަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި، ޖުޒާމު ބަލިފަދަ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެއްޗެކެވެ.
• ކަށިކޭލު ފެން ރާއްޖެ ބަލީގެ އުދަނގޫ ހުންނަ މީހުންނަށް ދީއުޅުނެވެ.
• ކަށިކެޔޮ ބޭނުންކުރުމަކީ ހަކުރު ބަލިޖެހުން ދުރުކޮށްދީ، އަދި ހަކުރު ބަލީގެ އުދަގޫތައް ކުޑަކޮށްދޭ ކަމެއްކަމަށް ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top