ޖަމިއްޔާތަކުން އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

DSCN8624.jpg

މަދަނީ ޖަމިއްޔާތަކަށް ސަރުކާރުން ދޭ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ، މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުމަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައި ވީ ނަމަވެސް އެ މުއްދަތު އިތުރުކޮށް މިހާރުވަނީ އަލުން 21 މާރޗްގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ މަދަނީ ޖަމިއްޔާތަކަށް ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށް ލަފާކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ފުރުސަތަށް އެދި ހުށަހެޅޭނީ ގާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށް އެ މިނިސްޓްރީއިން ހާމަ ކުރެ އެވެ.

މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށް ކަމަށް ވެސް އެ މިނިސްޓްރީއިން ހާމަކުރެ އެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top