ރާއްޖޭގެ އިމުން ބައެއް ގެއްލިދިއުމަކީ ކާމިޔާބެއް ނޫން: އަލީ ހުސެއިން

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއިން ބައެއް ގެއްލިގެން ދިއުމަކީ ކާމިޔާބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އެމްޕީ އަލީ ވިދާޅުވީ މިއަދާއި ހަމައަށް ދިވެހި މަސްވެރިން މަސްވެރިކަން ކުރުމަށް ނިކުމެ އުޅެވޭ ސަރަހައްދަކަށް މާދަމާ ނުނިކުމެވޭ ގޮތަށް މައްސަލަ ނިމުމުން އެއީ ކާމިޔާބީއެއް ކަމަށް ބުނެ ބައެއް މީހުން އުފާކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލު އެޕްލައި ކުރުމުގައި ޚިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީއެވެ.

މިއަދުގެ ނިންމުމާއި ގުޅިގެން އަލީ ވިދާޅުވީ މިމައްސަލާގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިފައި ނުވާކަމަށެވެ. ރާއްޖެއިން ބައެއް ގެއްލިގެންދާ ގޮތަށް ނިންމި ނިންމުމަކީ ކާމިޔާބީއެއް ކަމަށް ސަރުކާރުން ދެކުނު ނަމަވެސް އެއީ ކާމިޔާބީއެއް ނޫންކަމަށެވެ. އަދި މި މައްސަލައިގައި ހަމަ ބުއްދި ބޭނުން ކުރައްވައިގެން ވިސްނެވުމަށް އަލީ އެދިވަޑައިގެންނެވި އެވެ.

އިމުގެ މައްސަލާގައި ރާއްޖެއިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެ އެވެ.

އެކަމާއި ގުޅިގެން އިދިކޮޅުންނާއި، އެނޫންވެސް ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top