މޯލްޑިވިއަންގެ އީދުހަދިޔާ : 50 ފަސިންޖަރުންނަށް ހިލޭ ޓިކެޓު!

l_149850147620qKSO-1.jpeg

ފޮޓޯ : މޯލްޑިވިއަން

ފިތުރު އީދުގެ މުނާސަބަތުގައި މޯލްޑިވިއަން ގެ ފަރާތުން  އެއާލައިންގެ 50 ފަސިންޖަރަކަށް، ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރުމަށް އީދު ހަދިޔާގެ ގޮތުގައި ދެކޮޅު ޓިކެޓު ހަދިޔާކޮށްފިއެވެ.

މި ޓިކެޓްތައް ދީފައިވަނީ، ފިތުރު އީދު ދުވަހު މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށެވެ.

މޯލްޑިވިއަނުން ބުނީ، ފިތުރު އީދުދުވަހު މޯލްޑިވިއަނުންކުރި ދަތުރުތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

އީދު ދުވަހު އެ އެއާލައިންގެ ޑޮމެސްޓިކް ހުރިހާ ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 50 ފަސިންޖަރަކު ވަނީ ގުރުއަތަކުން ހޮވާފައެވެ.

މޯލްޑިވިއަނުން އަންނަނީ، ރާއްޖޭގައި އޮޕަރޭޓްކުރާ ދިހަ އެއަރޕޯޓަށް އެއަރލައިންގެ ދަތުރުތައް ބާއްވަމުން ނެވެ. އެއީ  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، އައްޑޫސިޓީގެ ގަން އެއަރޕޯޓް، ބ ދަރަވަންދޫ އެއަރޕޯޓް، ޏ ފުވައްމުލަކް ސިޓީ އެއަރޕޯޓް، ހދ ހަނިމާދޫ އެއަރޕޯޓް، ރ އިފުރު އެއަރޕޯޓް، ގދ ކާޑެއްދޫ އެއަރޕޯޓް، ލ ކައްދޫ އެއަރޕޯޓް، ގއ ކޫއްޑޫ އެއަރޕޯޓްގެ އިތުރުން ދ ކުޑަހުވަދޫ އެއަރޕޯޓް ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top