ދަރަވަންދޫ 2 ފިހާރައެއް ފަޅާލައި 10000ރ ވަގަށް ގެންގޮސްފި

ދަރަވަންދޫ ފެމެލީ ސްޓާރ ފިހާރަ. މިފިހާރަ ރޭވަނީ ފަޅާލައި ވައްކަންކޮށްފައި./ ފޮޓޯ ސަން އޮންލައިން

ދަރަވަންދޫ ފެމެލީ ސްޓާރ ފިހާރަ. މިފިހާރަ ރޭވަނީ ފަޅާލައި ވައްކަންކޮށްފައި./ ފޮޓޯ ސަން އޮންލައިން

ބ. ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި 10،000ރ. އާއި އެހެނިހެން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ވައްކަންކޮށްފައި ވަނީ އެރަށު “ފަހި ޓްރޭޑާސް” އާއި “ފެމެލީ ސްޓަރ” އިން ކަމަށް އެރަށު މީހަކު އީވީއަށް ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ފިހާރަ ފަޅާލި މައްސަލަ ހުށަހެޅިފައި ވަނީ ހެނދުނު 6:30 ގައި ކަމަށާއި އަނެއް ފިހާރަ ފަޅާލި މައްސަލަ ހުށަހަޅާފައި ވަނީ 9:00 ގައި ކަމަށެވެ.

އެ ދެ ފިހާރައިގެ ތެރެއިން “ފެމެލީ ސްޓާރ” އިން 10،000ރ. ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި “ފަހި ޓްރޭޑާސް” އިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ފަސް ފުޅި ބޮޑީ ސްޕްރޭ އާއި ހަ ފުޅި އާފްޓާ ޝޭވް ހިމެނޭ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ފިހާރަ ފަޅާލައި ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ

. 1000 އަށްވުރެ ބޮޑު އާބާދީއެއްއޮތް ދަރަވަންދޫއަކީ މަދުންނަމަވެސް ވައްކަމާ، މަސްތުވާތަކެތީގެ މައްސަލަތައް ފާހަގަކުރެވެމުން އަންނަރަށެކެވެ. ދަރަވަންދޫން ވައްކަމުގެ މައްސަލައެއް ރޭފެންމަތިވިއިރު މިދިޔަމަހު އޭދަފުށީ ޖަސްޓްކިއުޓް މޮބައިލް ޝޮޕް ފަޅާލައި 3 ލައްކަރުފިޔާއާއެކު ތިޖޫރީއަކާ، ބައެއް މުދާތައްވެސް ވަގަންގެންދިޔައެވެ. އެހެންނަމަވެސް ފަހުން ފުލުހުންވަނީ އެތަކެތި ހޯދާ ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top