އިންކަމް ޓެކްސް ނަގަން ތާއީދު :ރެޑްވޭވް ސަލީމް

1514216977.jpg

މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެފައިވާ ވައުދާއި އެއްގޮތަށް އެ ޓެކްސް ނަގަން ތާއީދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު ) ވިދާޅު ވެއްޖެއެވެ.

އެހެންނަމަވެސް މި ނިޒާމު ތައާރަފް ކުރުމުގެ ކުރިން މިހާރު ނަގަމުން އަންނަ ޓެކްސް ނިޒާމަށް ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެކްސް ނެގުމުގެ ކުރިން ބައެއް މުދަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ވެސް ކުޑަކުރަން ޖެހޭ ކަމަށާއި ޖީއެސްޓީ ނަގަން ފުރަތަމަ ފެށިއިރު ޑިއުޓީ ކަނޑާލި ބާވަތްތަކުން ނިމިދިޔަ ސަރުކާރުން ވަނީ ޑިއުޓީ ނަގަން ފަށާފައި ކަމުގައެވެ.

“މިއީ މައްސަލައަކީ. ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ދޮންނަ މެޝިނާއި ޓީވީ ފަދަ ތަކެތިން އެބަ ނަގާ 25އިންސައްތަ ޑިއުޓީ. އެހެންވެ މިފަދަ ތަކެތިން އެބަޖެހޭ ޑިއުޓީ ކަނޑާލަން،” ރާއްޖޭގައި އެންމެ ފުޅާކޮށް ރިޓެއިލް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވް ކުންފުނީގެ ވެރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު މިފަދަ ބޮޑު ކަމެއް ފަށާއިރު މިކަމަށް ތައްޔާރު ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭކަމަށް ވެސް ސަލީމު ވިދާޅުވިއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު