ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރުންގެ ބައްދަލުވުމެއް ބާއްވައިފި

NPD.jpg

ފޮޓޯ : ޕޮލިސްލައިފް

ނޯތު ޕޮލިސް ޑިވިޜަންގެ އަތޮޅުތަކުގެ ކޮމާންޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކޮމާންޑަރުންގެ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އަތޮޅުތަކުގައި ކުރެވޭ މަސައްކަތްތަކާއި އެމަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ކަމުގައި ޕޮލިހުން ބުނެއެވެ. މީގެ އިތުރުން އަތޮޅުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ގޮތުންނާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ތަޖުރިބާ އިތުރުކޮށް، މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ބަލައި ގޮތްތަކެއް ކަނޑައެޅުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވެއެވެ.

އިއްޔެ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝަހީމް އާއި ނ.އަތޮޅުގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާއި ރ.އަތޮޅުގެ ކޮމާންޑަރ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާޙީމް ވަހީދުއާއި ބ.އަތޮޅުގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ޚަލީލް އަދި ޅ.އަތޮޅުގެ ކޮމާންޑަރ އަޙްމަދު އާތިފްގެ ބައިވެރިވެލެއްވިއެވެ.

ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނެނީ ނ، ރ، ބ ގެ އިތުރުން ޅ. އަތޮޅެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top