ޑރ.ޒިޔާދުގެ ނަސޭހަތް: އިސްލާމްކަމުގެ ރުކުންތައް

c3014ac6ea4ae21fc01eea4e7ddbe124-1.jpg

عَنْ عَبْدِ اللهِ بْنِ عُمرَ بْنِ الْخَطَّابِ رَضِي اللهُ عَنْهُمَا قَالَ: ( سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: (بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُوْلُ اللهِ، وَإِقَامِ الصَّلاَةِ، وَإِيْتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ) رواه البخاريُّ ومسلمٌ.

މާނަ: މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲބުނު ޢުމަރު ބުނުލް ޚައްޠާބު ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނުން އަޑުއެއްސެވީމެވެ. އިސްލާމްދީން ބިނާވެގެން ވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވުމާ، މުޙައްމަދުގެ ފާނީ މާތް ﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާން މަހު ރޯދަހިފުމެވެ.

ޙަދީޘް ލިބިގަންނަވި ފިލާވަޅު

  • މުސްލިމަކަށް ވެވޭނީ ޙަދީޘް ބުނެވިދިޔަ ފަސްކަންތަށް ފުރިހަމަ ކުރުމުން
  • ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާ ހިތުގައި ތެދުކޮށް ޤަބޫލް ކޮށް ބާކީ ރުކުންތަށް ޢަމަލީގޮތުން ކުރުން
  • ނަމާދު،ރޯދަ،ޒަކާތް،ޙައްޖު މިއަޅުކަންތަށް އަދާ ކުރާގޮތް ދަސްކުރުމަކީ ލާޒިމްކަމެއް
  • ނަމާދު ނުކޮށް ކުރާ އެހެން އަޅުކަންތަކުގެ ފުރިހަމަ ދަރުމައާ ސަވާބުނުލިބޭނެ
  • ނަމާދު،ރޯދަ،ޒަކާތް،ޙައްޖު،މިއަޅުކަންތަކަކީ ބުއްދިހުރި ބާލިޣުވެފައިވާ ކޮންމެ މުސްލިމެއްގެ މަށްޗަށް ވާޖިބު ކަންތަކެއް
  • ނުކޮށް ދޫކޮށްލައިފިނަމަ ޢަޒާބުލިބޭނެ ކަންތައް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top