ކެންދޫ ބަނދަރުހެދުމަށް ކެޕިޓަލް އިންވެސްޓްމަންޓާ ހަވާލުކޮށްފ

Gina15-e1435130641451.jpg

ބ.ކެންދޫ ބަނދަރުހެދުމާ ބަނދަރާބެހޭ އިތުރު މަސައްކަތްތަކެއްކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓާ މިއަދު ހަވާލުކޮށްފިއެވެ.
ހައުސިންމިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކެޕިޓަލް އިންވެސްޓްމަންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގޑިރެކްޓަރ ރާޖް މަނިވަނަންއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުއެވެ.
އެއްބަސްވުމުގައިވާ ގޮތުން ކެންދޫގައި ހަދަނީ 540 ފޫޓް180 ފޫޓްގެ ބަނދަރެކެވެ. ބަނދަރުގެ އިތުރުން އެސަރަހައްދުގައި 262 މީޓަރުގެދިގު ކޮންކްރިޓްބްލޮކް އެއްގަމުތޮއްޓާ އެތޮއްޓާއެކު 181 މީޓަރުދިގު 5 މީޓަރުފުޅާ ޕޭމަންޓެއް ހެދިގެންދާނެއެވެ. އަދި މިހާރު ބަދަރު ތިލަވެފައިވާ ސަރަހައްދާ އަލަށްހަދާ ބަނދަރު ސަރަހައްދު މެދުދިޔައިގާ 3މީޓަރު ހުންނަވަރަށް ކޮނުމާ ނެރުބައްތިއާ އެސަރަހައްދުއަލިކުރުން ހިމެނެއެވެ.
މީގެ އިތުރުން ބޮޑުހިލަޖަހައިގެން 145 މީޓަރުގެ ކަނޑުތޮއްޓެއްލުމާ 72 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓްޖެހުމާ 87 މީޓަރުގެ ބަސްތާތޮށި ރިވެޓްމަންޓްޖެހުމާ 42 މީޓަރު ބަސްތާތޮށި ސީވޯލްއެއް ޖެހިގެން ދާނެއެވެ.
ކެޕިޓަލް އިންވެސްޓްމަންޓަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 240ދުވަހުގެ ތެރޭގައި ނިންމާގޮތަށް 29 މިލިއަން ރުފިޔާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top