ސަމާލު: 500 ރުފިޔާގެ ފޭކު ނޫޓުތަކެއް ދައުރުވަނީ

026-500-fake-mvr-nootu-750x375-1.jpg

ރާއްޖޭގައި ބޭނުންކުރާ 500 ރުފިޔާގެ ފޭކު ނޫޓުތަކެއް ދައުރު ކުރަން ފަށައިފި އެވެ.

ޓްވިޓާ މެދުވެރިކޮށް ދީނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއްކަމުގައިވާ، އަލީ ރަމީޒު މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ 500 ރުފިޔާގެ އަސްލު ނޫޓަކާއި ފޭކު ނޫޓެއްގެ ފޮޓޯއެއް ހިއްސާ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ފޭކު ނޫޓުތަކެއް މިދުވަސްވަރު ދައުރު ކުރަމުންދާ ކަމަށެވެ.

ފޭކު ނޫޓުތައް އޭޓީއެމް މެޝިނުން ގަބޫލު ނުކުރާ ކަމަށްވެ އެވެ. އަދި އަސްލު ނޫޓުގެ ސައިޒަށްވުރެ ފޭކު ނޫޓުގެ ސައިޒު ކުޑަކަމަށްވެސް ވެއެވެ.

މި ދުވަސްވަރަކީ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެކި ބޭނުންތަކުގައި ގަނޑުކޮށް ފައިސާ ބަދަލު ކުރަމުންދާ ދުވަސްވަރަކަށް ވާތީ ރިޝްވަތުގެ ގޮތުގައިވެސް ބޮޑެތި އަދަދުތަކުން ނޫޓުން ފައިސާ ބަހަމުން ދާކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެއެވެ.

މިދުވަސްވަރު ފޭކް ނޫޓު ދައުރުވަމުން ދާކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ބުނެފައެވެ.

ރައްޔިތުން ސަމާލުވޭ. މިސަރުކާރުން ބަހަމުންދަނީ ބަގު ނޫޓު. މިއީވެސް ރައްޔިތުންނަށް ލަނޑެއްދޭން ކުރާކަމެއް. މިއިންތިޚާބުގައި އެމީހުން ބަހަމުންދާ ފައިސާއާއި ދޭ ރިޝްވަތުގައި ނުޖެހޭތި، މިމީހުންނަކީ ރައްޔިތުންނަށް ކޮންމެ ފަދަ ލަނޑެއްވެސް ދީފާނެ ބައެއް.

– އަދުރޭ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި އޮންނަ އިންތިޚާބުތަކާއި ދިމާކޮށް ފޭކު ނޫޓުތައް ދައުރުކޮށްފައިވެ އެވެ. ރިޝްވަތުގެ ގޮތުގައި ދޭ މިފަދަ ފައިސާ ބޭންކިން ސިސްޓަމްގެ ތެރެއަށް ނުވައްދަ އެވެ. ނޫޓުން ފައިސާ ބަހާއިރު އެފައިސާ ލިބޭ ފަރާތްތައްވެސް އޭޓީއެމް މެޝިންތަކާއި ހަމައަށް އެ ފައިސާ ނުގެންގޮސް ބާޒާރުގައި ދައުރު ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top