މުއިއްޒުގެ ފަހުބަސް: އަޅުގަނޑަށް ދޭ ވޯޓުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެ

img_md_202309070325231694082323.9311.jpg

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ދަ ޕްރެސް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ދޭ ވޯޓަކީ އޭގެ ފޮނި މީރުކަން ރައްޔިތުންނަށް އިންސާފުވެރި ކަމާއެކު ލިބޭނެ ވޯޓަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން، ފަހު ބަހެއްގެ ގޮތުގައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި ނަތީޖާ ނެރެދޭ ސަރުކާރެއް ފެނިގެންދާނެ ކަމުގައެވެ. ހަމައެހެންމެ އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމް ވެގެން ދާނެ ކަމަށާއި މިނިވަންކަން ޔަގީން ކުރެވި ދިވެހި ގައުމިއްޔަތު ހިމާޔަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޒުވާނުންނާއި ކަނބަލުން ފުދުންތެރި ބަޔަކަށް ހައްދަވާނެ ކަމަށާއި އިގްތިސާދު ކޮޅަށް ޖަހައިދީ، ދިވެހިންގެ ރާއްޖެ ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އެހެންކަމުން ޑރ. މުއިއްްޒު ހޮވުމަށް ކެންޑިޑޭޓު ނަންބަރު 4، އަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު 60 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top