ތައްޔާރުވޭ! “މޯލްޑިވިއަން އައިޑޮލް”ފަށަނީ

American_Idol_Title_Card.png

“މޯލްޑިވިއަން އައިޑޮލް” ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހުނުވާހަކަ ފުރަތަމައިވުނީ 25ވަނަ ދުވަހުގެރޭ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އޮތް ސަނަމްބޭންޑްގެ ޝޯއިންނެވެ.

އެ މުބާރާތާބެހޭ ގޮތުން މިއަދުވަނީ ސަރުކާރުގެ މީޑިއާކުންފުނި (ޕީއެސްއެމް)ގެ މެނޭޖިންގޑިރެކްޓަރ އިބްރާހީމް ޚަލީލު “އަވަސް” އާ ވާހަކަދައްކަވާފައެވެ.

ޚަލީލު ވިދާޅުވީ ރާއްޖޭގެ އެކިހިސާބުގައި މިމުބާރާތުގެ ބައިތައް ބާއްވަމުންދިޔަނަމަވެސް ފައިނަލްއޮންނާނީ މާލޭގައެވެ.

މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިއްބަވާނީ ރާއްޖޭގެ ފަންނާނުންކަމަށާ އެކަމަކު ފަންނާނުންކަނޑައަޅާނީ މުބާރާތް ނިސްބަތްވާ ކުންފުނިންނެވެ. ‘”އެބޭފުޅުންގެ ސްޓޭންޑަށް ފެތޭ ދިވެހިޖަޖުން މުބާރާތަށް އިންސާފުކުރާނީ. “ޚަލީލު ވިދާޅުވިއެވެ.

މުބާރާތުގައި ޚާއްސަ މެހްމާނުން ފެނިގެންދާނެކަމަށާއި އޭގެތެރޭގައި ބޭރުގެ މަޝްހޫރުތަރިން ފެނުމުގެ ފުރުސަތު ބޮޑުކަމުގައިވެސް ޚަލީލު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top