ޖަނަވަރީން ފެށިގެން އަސާސީ ބޭސްތައް ވިއްކޭނެ އެންމެ ބޮޑުއަގު އާންމު ކުރާނެ- ހެލްތު

unnamed.jpg

އަންނަ ޖަނަވަރީ މަސް ފެށުމުގެ ކުރިން ރާއްޖޭގައި ވިއްކަމުން ގެންދާ އަސާސީ ބޭސްތައް ވިއްކޭނެ އެންމެ ބޮޑުއަގު އާއްމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަންވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގެ ބަޔާންކޮށްފައިވާތީއެވެ.

އެމާއްދާގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރެވޭ އެންމެހައި ބޭސް، ހިދުމަތް ހޯދާ ފަރާތްތަކަށް ވާސިލުވެވޭ ފަދަ އަގެއްގައި ފޯރުކޮށްދިނުމަށް ޓަކައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިނިސްޓްރީން ކަނޑައަޅަންވާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކުމަށް ފައިދާގެ ގޮތުގައި އެންމެ ބޮޑުވެގެން ލެވޭނީ 100 ޕަސެންޓުގެ މާކްއަޕެއް ކަމަށެވެ.

ހަމަ އެއާއެކު ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް (އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް) ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެއް ކަމަށާއި ރާއްޖެއަށް އިމްޕޯޓްކޮށް، ވިއްކާ ހުރިހާ ބޭސްތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި އުސޫލުގެ ސަބަބުން ބޭހުގެ އަގު ވަރަށް ބޮޑަށް ވެއްޓި، ދައުލަތުން އާސަންދައަށް ކުރާ ހަރަދުން 205 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެ އެވެ. އަދި ބޭހުގެ އަގަށް، 200 ނުވަތަ 400 ޕަސެންޓުގެ ފައިދާ ލައިގެން ކުރާ ވިޔަފާރި ހުއްޓުމަކަށް އަންނާނެއެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މިދިޔަ މަހު ވިދާޅުވެފައި ވެއެވެ. އޭގެ ސަބަބުން ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top