ޑެންގޫހުން ޖެހޭމީހުންގެ އަދަދު އިތުރުވަނީ

 އީވީ ފައިލް ފޮޓޯ ؛ ކްލަބް ބިގިނަރސް އިން ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައި

އީވީ ފައިލް ފޮޓޯ ؛ ކްލަބް ބިގިނަރސް އިން ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައި

ޑެންގޫހުން ޖެހޭމީހުންގެ އަދަދު އަނެއްކާވެސް އިތުރުވާންފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާއްމުކުރި ރިޕޯޓެއްގައިވަނީ މިދިޔަ ހަފްތާ މާލެއާ އަތޮޅުތެރޭގައި ޑެންގޫޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާކަމުގައެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގައި ޑެންގޫ ޖެހިގެން ޖުމްލަ 151 މީހުން ރިޕޯޓްކޮށްފައިވާއިރު މިހަފްތާގެ މިއަދާހަމައަށް 54 މީހުން ރިޕޯޓްކޮށްފައިވެއެވެ.

މިމަހުގެ މިހާ ތަނަށް އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އދ.އަތޮޅުންނާއި ބ. އަތޮޅުންކަމަށާއި އެ އަތޮޅުތަކުން ކޮންމެ އަތޮޅަކުންވެސް 9ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ޑެންގޫޖެހިގެން މިހާތަނަށް ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލައަކީ 599އެކެވެ. އެއީ އަތޮޅުތެރެއިން 269 އަދި މާލެއިން 330 އެވެ.

ޑެންގޫ ހުމަކީ އޭޑިސްމަދިރީގެ ސަބަބުން ޖެހޭ ގަދަހުމެކެވެ. މިއީ ފުރާނައަށްވެސް ނުރައްކާވާ ހުމަކަށްވާތީމި ބަލި ފެތުރުނަ ނުދިނުމަށް ކުރެވެން އޮތް ހަމައެކަނި މަސައްކަތަކީ މަދިރި އުފެދޭ ތަންތަން ނައްތައިލުމެވެ. މިކަމަށް ހޭލުންތެރިކުރުމާއި ރައްކާތެރިވުމުގެ ގޮތުން އަޅަަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މިރަށުގެ ކައުންސިލާއި ސިއްހީދާއިރާ އެންމެ ރަނގަޅަށް ހަރަކާތްތެރިވާތަނެއް ނުފެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top