ކަންކަމުގާ ހަޔާތްކެނޑިފައޭ ބުނެއުޅެނީ މިހާވަރުވީމަބާ؟

103_Tuna-fish-in-Foammulah-Atoll.jpg

ފުވައްމުލައް

ފުވައްމުލައް

ފުވައްމުލަކުގައި 10 ފިރިހެނުން ބައިވެރިވެގެން އެރަށުގެ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންލައްވައި ގަދަކަމުން މަސްތުވާތަކެތިދީގެންނާއި އެކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑީއޯނަގައިގެން އަދި އެކުދިން ބްލެކްމެއިލްކޮށްގެން ފައިސާއަށް ހަށިވިއްކުވިކަން ފަޅާއަރައިފިއެވެ.

ފުވައްމުލަކުގައި ހިންގި މި ހުތުރު އަމަލުގައިބައިވެރިކަމަށް ތުހުމަތުކުރެވޭ އެންމެން މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށުގައެވެ. މި އަމަލު ހިންގުމުގައި އެރަށުގެ ނަންމަޝްހޫރު ވިޔަފާއިވެރިންނާ ނޫސް ރިޕޯޓަރަކުވެސް ބައިވެރިވާކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންގެ ސަމާލުކަމަށް މިކަންއައީ އެމައްސަލާގައި ހިމެނޭ 16އަހަރުގެ ކުއްޖާ ބަނޑުބޮޑުކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން ދެއްކުމުންނެވެ. މިމައްސަލަ ބެލުމަށް ފުލުހުންގެ އިތުރުން ޖެންޑަރމިނިސްޓްރީގެ ޓީމެއް މިހާރުވަނީ ފުވައްމުލަކަށްގޮސްފައެވެ.

މިމައްސަލާގެ ޝިކާރައަކަށްވި 14 އަހަރުގެ ކުއްޖާއަކީ އެމައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި މީހުންގެތެރޭގައި ހިމެނޭ މީހެއްގެދަރިއެކެވެ. އަދި އެމައްސަލާގައި ހިމެނެނީ ހަމައެކަނި މިދެކުދިން ނޫންކަމާއި އިތުރުކުދިންވެސް ހިމެނޭކަމަށް އިތުބާރުހުރި މަސްދަރަކުން މިނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

މިފަދަ ލާދީނީ އަދި އަޅުގަނޑުމެންގެ މުޖްތަމަޢާ ބީރައްޓެހި އަމަލުތައް ހިންގާމީހުންނަކީ މުސްކުޅިބަހެއްގައި ބުނާހެން ކަންކަމުގައިހަޔާތް ކެނޑިފައިވާ ބައެއްކަމުގައި ބުނެވޭނެ ޖާގައެބައޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top