އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

349968_3_04f70f043f2ede2c36d64fe9337b5506c5b8bcf5_large.jpg

އަންނަ އަހަރަށް ދައުލަތަށް ލަފާ ކުރަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ބަޖެޓު ހުށަހެޅުމަށް ފަހު ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓު ބަޔާނާއި އަދި ތަފްސީލުތައް އާންމު ކުރާނެކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާފައިވާއިރު، މިއަދު މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ބާކީ ބަޔައް ބަޖެޓަށް އިތުރު ކުރާ ސަޕްލިމެންޓަރީ ބަޖެޓުވެސް ހުށަހެޅުމަށް މި ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް، ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެންބަރު ވަނީ މަޖިލީސް ހުއްޓުވާފައެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަން ޖެހެ އެވެ.

މިހާތަނަށް ޖުމްލަ ބަޖެޓު އާންމުކޮށްފައިވީނަމަވެސް ބަޖެޓުގައި ހިމެނޭ ކަންކަން ފިނޭންސް މިނިސްޓްރީން އަދި އާންމުކޮށްފައި ނުވެއެވެ. މިދިޔަ އަހަރު ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަރުކާރުގެ ޙަރަދުތައް ފޫބެއްދުމަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. މިއާއެކު މިއަހަރުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top