ބަޖެޓް 2024: ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

budget-23-foiy-book-majls-px0mbkmwogz3vvx1zlgc6k9wph7oror43v236s2tn8.jpeg

އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޫކުރަން ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، 2024 އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ 2023 ވަނަ އަހަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކޮށްފައި ވާތީ ކުރިއަށް އޮތް އަހަރަށް ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައިވާ ފައިސާގެ އަދަދުވެސް 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށެވެ.

2.2 ބިލިއަން ރުފިޔާ ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާއިރު މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 20.7 ޕަސެންޓު އިތުރު އަދަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ. ޖުމްލަ ގޮތެއްގައި ހުރިހާ ކައުންސިލަކަށް ވެސް މިއަހަރު ލިބުނު ބްލޮކް ގްރާންޓްގެ މިންވަރާ އަޅާބަލާއިރު އަންނަ އަހަރު ލިބޭ ބްލޮކް ގްރާންޓްގެ މިންވަރު އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top