ޚަލްޤުކުރެއްވުން

MUSLIM_1557343f.jpg

قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَنْدَادًا ذَٰلِكَ رَبُّ الْعَالَمِينَ ۚ وَجَعَلَ فِيهَا رَوَاسِيَ مِنْ فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِلسَّائِلِينَ.(فصلت 9-10)
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން كافرވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން شريكންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، عالمތަކުގެ ވެރިރަސްކަލާނގެއެވެ. އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ رزق މިންވަރުކުރެއްވިއެވެ. (އެއީ) سؤالކުރާ މީހުންނަށްޓަކައެވެ.
عن أبي هريرة رضي الله عنه قال: أخذ رسول الله صلى الله عليه وسلم بيدي فقال:
خلق الله عز وجل التربة يوم السبت ، وخلق فيها الجبال يوم الأحد ، وخلق الشجر يوم الاثنين ، وخلق المكروه يوم الثلاثاء ، وخلق النور يوم الأربعاء ، وبث فيها الدواب يوم الخميس ، وخلق آدم عليه السلام بعد العصر من يوم الجمعة في آخر الخلق في آخر ساعة من ساعات الجمعة فيما بين العصر إلى الليل
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާވިދާޅުވިއެވެ. ކީރިތި ރަސޫލާ އަތްޕުޅަށް ވެލި މުށެއް ނަންގަވާ ޙަދީޘް ކުރެއްވިއެވެ. ހޮނިހިރުދުވަހު ވެލި ޚަލްޤު ކުރެއްވިއެވެ. އާދީއްތަ ދުވަހު ފަރުބަދަތަށް ޚަލްޤު ކުރެއްވިއެވެ. ހޯމަ ދުވަހު ގަސްތަށް ޚަލްޤު ކުރެއްވިއެވެ.އަންގާރަ ދުވަހު ޖަރާސީމް ޚަލްޤު ކުރެއްވިއެވެ. ބުދަ ދުވަހު އަލިފާން ހަލްޤު ކުރެއވިއެވެ.ބުރާސްފަތި ދުވަހު ދާއްބަތަށް ޚަލްޤު ކުރެއްވިއެވެ. ހުކުރުދުވަހު ޢަޞުރުގެ ފަހުން އާދަމްގެ ފާނު ޚަލްޤުކުރެއްވިއެވެ.
މިޙަދީޘް ދޭހަވާގޮތުގައި ޚަލްޤު ކުރެއްވުމުގެ މާއްދާތަށް އެކުލެވިގެންވެއެވެ. އެއީ:
ވެލި: މީގެން އުފެދިފައިވަނީ، ތަފާތު މަޢްދަންތަކާއި ދަގަޑު
ވައި: މީގެން އުފެދިފައިވަނީހަކަތަ ،ހަކަތަ ފެނާއި އަލިފާނުގެ އަސަރު ހިގާ މާއްދާއެކެވެ.
ފެން: ދިރުންހުރިތަފާތު މަޚްލޫޤާތަށް އުފެދުންވަނީ ފެނުންނެވެ.
އަލިފާން: ހަކަތަ އުފެއްދުމެވެ.
ކައުނުގައިވާ ދިރުންހުރި މަޚްލޫޤާތަށް ޚަލްޤު ކުރައްވާފައިވަނީ ފެނުންނެވެ. މިކަމުގެ ޙަޤީގަތް އަދުގެ ސައިންސް އިލްވެރިންގެ ހޯދުންތަކުން ބުނާގޮތުގައި % 70 ޚަލްޤުކުރައްވާފައިވަނީ ފެނުންނެވެ
قال تبارك وتعالى:( وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ) .الأنبياء: 30
އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން إيمان ނުވަނީ ހެއްޔެވެ؟
قال تبارك وتعالى(وَاللَّهُ خَلَقَ كُلَّ دَابَّةٍ مِنْ مَاءٍ ۖ فَمِنْهُمْ مَنْ يَمْشِي عَلَىٰ بَطْنِهِ وَمِنْهُمْ مَنْ يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُمْ مَنْ يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ) [النور: 45]
އަދި ދިރޭކޮންމެ އެއްޗެއް، اللَّه، ފެނުން ހައްދަވާފައިވެއެވެ. ފަހެ، ބަނޑުލައިލޫދެމުން ހިނގާ ތަކެތި އޭގެތެރެއިންވެއެވެ. އަދި ދެފައިން ހިނގާ ތަކެތިވެސް އޭގެތެރެއިންވެއެވެ. އަދި ހަތަރެސްފައިން ހިނގާ ތަކެތިވެސް އޭގެތެރެއިންވެއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. ހަމަކަށަވަރުން، اللَّهއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

އެންމެ ފުރަތަމަ ޚަލްްޤު ކުރެއްވި އިންސާނާ އަކީ އާދަމް ގެ ފާނެވެ. އެކަލޭގެ ފާނު ޚަލްޤު ކުރެއްވި ގޮތާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ.
وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ} (ސޫރަތުލް ޙިޖުރު: 26)
މާނައީ: ” تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. ”
އެހެން އާޔަތެއްގައި، ވަޙީކުރައްވާފައިވެއެވެ. {خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ} (އައްރަޙުމާނު: 14)
މާނައީ: ” މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވިއެވެ.
{قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا} (އަލްކަހުފު: 37)
މާނައީ: ” (جواب ގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: آدم ގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ كافر ވީ ހެއްޔެވެ؟ ”
އަދިވެސް ވަޙީކުރައްވާފައިވެއެވެ. {هُوَ الَّذِي خَلَقَكُم مِّن طِينٍ} (އަންޢާމު: 2)
މާނައީ: “އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ.”

އިސްވެދިޔަ އާޔަތްތަކަށް ބަލައިލާއިރު އިންސާނާ (އެބަހީ: އިންސާނުންގެ އަޞްލު ކަމުގައިވާ އާދަމް ޢަލައިހިއްސަލާމް) އުފައްދަވާފައިވާ މާއްދާ އަށް ތަފާތު ނަންތަކެއް ދެއްވާފައިވާތީ ފެނެއެވެ. ނަމަވެސް އެ ތަފާތަކީ އުފެއްދެވި މާއްދާ ތަފާތުވުމުގެ ސަބަބުން ދެއްވާފައިވާ ތަފާތު ނަންތަކެއްނޫނެވެ. އެއީ އެ މާއްދާއަށް އައިސްފައިވާ ތަފާތު މަރުޙަލާތަކުގެ ނަންތަކެވެ.
އާދަމްގެފާނު އުފެއްދެވުމަށްފަހު ދެން މާތްﷲ އުފެއްދެވި އިންސާނަކީ ޙައްވާގެފާނެވެ
މިކަން ބަޔާން ކުރައްވާ މާތް ﷲވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء} (އައްނިސާ: 1)
މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ.”
މިއަށްފަހު އެކަލާނގެ އިންސާނުން ޚަލްޤުކުރެއްވުން ލައްވާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ކިބައިންނެވެ. އެންމެ އިންސާނަކު މެނުވީއެވެ. އެއީ ޢީސާގެ ފާނެވެ. މިކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِّنْهُ} (އައްނިސާ: 171) މާނައީ: ” مريم ގެފާނުންގެ ދަރިކަލުން ޢީސާގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ”
މިއީ އިންސާނާގެ އަސްލު ކަމުގައިވިޔަސް އިންސާނާގެ ތަފާތު ތިން މަރުޙަލާތަކެއްވެއެވެ. މިއިން ކޮންމެ މަރުޙަލާއެއްގައިވެސް 7މަރުޙަލާވެއެވެ. އިންސާނާ ޚަލްޤު ކުރެއްވުމުގެ ފެށުމަށް ބަލާލާއިރު، މިކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައވަނީ قال تعالى :هَلْ أَتَى عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئاً مَّذْكُوراً{1} إنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعاً بَصِيراً{2} إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِراً وَإِمَّا كَفُوراً{3}
މާނައީ: ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.
އިންސާނާ ޚަލްޤު ކުރެއްވުމުގެ ފުރަތަމަ މަރުޙަލާ އަށް ބަލާއިރު: އިންސާނާ (މައިމީހާގެ ރަޙިމުގައި) އުފެދެމުން އަންނަ މަރުޙަލާތައް ބަޔާންކުރައްވައިމާތް ﷲ ވަޙީކުރައްވާފައިވެއެވެ.
ولقد خلقنا الإنسان من سلالة من طين ( 12 ) ثم جعلناه نطفة في قرار مكين ( 13 ) ثم خلقنا النطفة علقة فخلقنا العلقة مضغة فخلقنا المضغة عظاما فكسونا العظام لحما ثم أنشأناه خلقا آخر فتبارك الله أحسن الخالقين ) المومنون (އަލްމުއުމިނޫން: 12-14)
މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصةއިން އިންސާނާ (އެބަހީ: آدمގެފާނު) ހެއްދެވީމެވެ.ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ.ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ.”
މިއާޔަތުން ދޭހަވާގޮތުގައި މިމަރުޙަލާގައި ހަތް ބަޔަކަށް ބެހިގެންދެއެވެ. އެއީ: މަށި،މަނިތިއްކެއް، ގަނޑުލޭކޮޅެއް، ގަނޑުލޭކޮޅުމަސްކޮޅަކަށް، މަސްކޮޅުކަށްޓަށް، އެ ކަށީގައި މަސްލެއްވުން، އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވުން.
މިމަރުޙަލާއަށް ފަހު އިންސާނާ ދުނިޔެއަށް އައުމަށް ފަހުވެސް ހަތް ރާސްތާއެއް ކަޑަތު ކުރެއެވެ. އެއީ: އެއީ ގާތުން ކިރުދޭދުވަސްވަރު މިމަރުޙަލާބަލަނީ ދެއަހަރާހަމައަށެވެ. ޅަފަތުގެ ދުވަސްވަރު ބަލަނީ ހަތް އަހަރާ ހަމައަށެވެ.ފުރާވަރުގެ ދުވަސްވަރުބަލަނީ ސާދަ އަހަރާހަމައަށެވެ. ޒުވާން ދުވަސް ވަރުބަލާނީ ސާޅީސްއަހަރާހަމައަށެވެ. މެދުއުމުރުދުވަސްވަރުގެ މަރުހަލާއަކީ ސާޅީސް އަހަރުން މަތި، އުމުރުންދުވަސްވުމުގެ މަރުޙަލާ ކަމުގައިބަލަނީ ފަންސާހުންމަތި، ދެންއޮތީ ޙަޔާތުގެ ފަހުމަރުޙަލާ އެއީ މަރުބަލީގެ މަރުޙަލާ ކަމުގައިބެލެވެއެވެ.

يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي رَيْبٍ مِنَ الْبَعْثِ فَإِنَّا خَلَقْنَاكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِنْ مُضْغَةٍ مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِنُبَيِّنَ لَكُمْ وَنُقِرُّ فِي الأَرْحَامِ مَا نَشَاءُ إِلَى أَجَلٍ مُسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ وَمِنْكُمْ مَنْ يُتَوَفَّى وَمِنْكُمْ مَنْ يُرَدُّ إِلَى أَرْذَلِ الْعُمُرِ لِكَيْلا يَعْلَمَ مِنْ بَعْدِ عِلْمٍ شَيْئًا وَتَرَى الأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنْبَتَتْ مِنْ كُلِّ زَوْجٍ بَهِيجٍ *
އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން شكއެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ أصل) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (آدمގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ.އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ مدةއަކަށް رحمތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދިأرذل العمرއަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށްތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ حركاتފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ.
އިންސާނާ މިދުނިޔޭގައި ހޭދަކުރާނެ މުއްދަތެއް ހޭދަކުރުމަށް ފަހު ދެމިއޮތުމުގެ ޢާލަށް ދަތުރު ކުރާއިރުވެސް ހަތް މަރުޙަލާއެއް ކަނޑަތުކުރާނެއެވެ.
އެއީ: މަރުވުމުގެ މަރުޙަލާ، ބަރުޒަޚްގެ މަރުޙަލާ، އަލުން ދިރުއްވުމުގެ މަރުޙަލާ، މަޙްޝަރް ކުރެއްވުމުގެ މަރުޙަލާ، ޙިސާބު ބެއްލެވުމުގެ މަރުޙަލާ، ޞިރާޠު މަގުގެ މަރުޙަލާ، ސުވަރުގެ ނުވަތަ ނަރަކައިގެ މަރު ޙަލާ އެވެ.
ހަމަ އެއާއެކު ކޮންމެ އިންސާނެއްގެވެސް ހަތް ހިއްސުވާކަން ދަންނަންޖެހެއެވެ. އެއީ: އަނޑު އިވުން، ފެނުން، ވަސްބެލުމާއި، އަތްލުމުގެ ހިއްސުއާއި، ރަހަބެލުމުގެ ހިއްސުއާއި، ޒަމާންދެނެގަތުމުގެ ހިއްސާއި، ތަންތަން
ކޮންމެ އިންސާނަކަށްމެމަބްދައުތަކެއްބޭނުން ބޭނުންވާނެ ކަމަށް އިޖްތިމާޢީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި މުހިންމު ތިންމަބްދައެއްވެއެވެ. އެއީ: ކޮންމެ އިންސާނަކަށް ދީނެއްބޭނުންވާނެކަމާއި، ކޮންމެ އިންސާނަކަށްމެ އަޚްލާޤާއި،އަގުތައްބޭނުންވާނެއެވެ.
އެހެން ކަމުން އިންސާނާ ޚަލްޤު ކުރެއްވުމުގެ ބެނުމަކީ، ފުރިހަމަ ގޮތުގައި އެކަލާނގެ އަށް އަަޅުކަން ކުރުމަށްޓަކައެވެ. މިކަން ބަޔާންކުރައްވާ ﷲ ވަޙީ ކުރައްވަނީ:

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ
ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ رزقއަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.ހަމަކަށަވަރުން، اللَّهއީ، رزقދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top