އެސްޓީއޯ އިން އޭދަފުއްޓަށް ކާޑާއެކު މުދާ ފޮނުވައިފި

ސތޮ.jpg

އެސްޓީއޯއިން، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކާޑާއި އެހެނިހެން މުހިންމު ބާވަތްތަކުގެ މުދާ ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން އޭދަފުށީގައި ހުންނަ އެސްޓީއޯ ފިހާރައަށް އިއްޔެ ކާޑުގެ ބާވަތްތަކާއެކު ދިރިއުޅުމަށް ބޭނުންވާ އެހެނިހެންތަކެތީގެ ޝިޕްމަންޓެއް ފޮނުވައިފި އެވެ.

މިކަމާބެހޭ މައުލޫމާތު ދެއްވަމުން އެސްޓީއޯ އޭދަފުށީ ފިހާރައިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިއްޔެ ލިބުނު ކާޑުގެ ބާވަތްތަކުގެ ސްޓޮކް، ރައްޔިތުންނަށް ދަތިކަމެއްނެތި ރޯދަމަހުގެ ނިޔަލަށް ހުސްނުވެ ލިބެން ހުންނާނެ ކަމަަށް ވިދާޅުވިއެވެ.

“ކާޑުގެ ބާވަތްތަކާއެކު ކައްކާތެލާއި، ރޯދަމަހަށް ހާއްސަކޮށް ގޭތެރެއާއި ބަދިގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި އެހެނިހެން ތަކެތިވެސް ހުރީ ލިބިފައި. އެތަކެތި މިހާރު ދަނީ ވިކެމުން. ” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ދުވަހެއްގެ ތެރޭގައި ފިޔާ އަލުވި ބިހުގެ ޝިޕްމަންޓެއްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަކެތި މިހާރު އެސްޓީއޯއިން އާއްމު ކޮށްފައިވާ އަގުގައި ވިއްކަމުން ގެންދާނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

އެސްޓީއޯ އިން އޭދަފުށީގައި ހިންގާ ފިހާރައަށް ވޭތުވެދިޔަ އަހަރުތަކުގައިވެސް ރޯދަމަހަށް ހާއްސަކޮށްގެން ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ އަލުވި ބިސް ފޯރުކޮށްދިނުމުގެ ގޮތުން ވަނީ މި ތިންބާވަތް ގެނެސް  ހެޔޮ އަގުގައި ވިއްކާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top