އެވަކާޑޯ: ސިއްހަތަށް ކިހާފައިދާހުރި މޭވާއެއްކަން އެނގޭތަ؟

avocado2-600x314.jpg

އެވަކާޑޯއެއް

އެވަކާޑޯގައި އެކުލެވިގެންވާ ސިއްހީ ފައިދާތަކަށް ބަލާއިރު އެއާ އަޅާކިޔޭނެ އެހެން މޭވާއެއް ނުހުންނާނެކަމަށް ނިއުޓްރިޝަންއާ ބެހޭ ތަޖްރިބާކާރުން ބުނެއެވެ. އެވަކާޑޯއަކީ އެންމެ މަދުން ކާބޯހައިޑްރޭޓްސް ހުންނަ މޭވާއެވެ. މިމޭވާ މުއްސަނދިވެފައިވަނީ ސިއްހީ ފެޓްސްއިންނެވެ. ގިނަ ދިރާސާތަކުންނާއި ސައިންޓިފިކްހޯދުންތައް އަންގައިދޭ ގޮތުގައި އެވަކާޑޯއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެގިނަ މާއްދާތަކެއް އެކުލެވިގެންވާ ހަމައެކަނި މޭވާއެވެ.

އެވަކާޑޯއަކީ ނިއުޓްރިޝަންއިން މުއްސަނދިވެފައިވާ މޭވާއެކެވެ. މި މޭވާގައި ވިހި ބާވަތުގެ ވިޓަމިންސް އާއި މިނެރަލަސް އެކުލެވިގެންވެއެވެ. މީގެތެރޭގައި ވިޓަމިންކޭއާއި ވިޓަމިންސީ އަދި ވިޓަމިންބީ5 ،ފޮލޭޓް، ޕޮޓޭސިއަމް، ވިޓަމިންއީ އާއި ވިޓަމިންބީ6 ހިމެނެއެވެ. މީގެ އިތުރުން މެގްނޭސިއަމް، ކޮޕަރ، އަޔަން، ޒިންކު އަދި ފޮސްފަރަސް ހިމެނެއެވެ.

އެވަކާޑޯއަކީ ޑައިޓްކުކުރާ މީހުންނަށް ވަރަށްރަނގަޅު މޭވާއެކެވެ. ބަރުދަންލުއިކުރަން ބޭނުން މީހުންނަށް މިމޭވާ ކެއުމުން ވަރަށް އަވަހަށް ނަތީޖާފެންނާނެއެވެ. ކަސްރަތުކޮށްގެން މަސްލްތަކަށް ލިބޭ ގެއްލުން މަރާމާތުކުރުމަށް ވެސް މި މޭވާއަކީ އެންމެ މޮޅު ފަރުވާއެވެ.

އެވަކާޑޯއެއްގައި ހުންނަނީ 160 ކެލޮރީއެވެ. ރަގަނޅު ފެޓްގެބައި ހުންނަނީ 15 ގްރާމެވެ. އޭގެތެރޭގައި 2 ގްރާމްގެ ޕްރޮޓީން އެކުލެވިފައިވާއިރު އެވަކާޑޯއެއްގައި ހުންނަނީ އެންމެ ނުވަގްރާމްގެ ކާބޯހައިޑްރޭޓްސްއެވެ. އޭގެ ތެރެއިން ހަތް ގްރާމަކީ ފައިބަރެވެ.

އެވަކާޑޯގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހުރެއެވެ. އެންމެ ގިނައިން ޕޮޓޭސިއަމް ހުންނަ ކަމަށް އެނގިފައިވާ ދޮންކޭލަށްވުރެވެސް ގިނައިންނެވެ. އަދި އެވަކާޑޯއަކީ ގިނަމީހުންނަށްހީވެފައި އޮންނަގޮތާ ޚިލާފަށް މިނެރަލްސްވެސް ގިނަ މޭވާއެކެވެ.

އެވަކާޑޯއިން ހިތުގެބަލިތައްޖެހުން ދުރުކޮށްދެއެވެ. ހިތުގެ ބަލިތައްޖެހެނީ ދިރިއުޅުމުގެ އާދަތައް ހުންނަގޮތުންނާއި ކެއުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި މިންވަރަށް ނުބަލާ އުޅުމުންނެވެ. ކާނާގެ ތެރޭގައި އެވަކާޑޯހިމަނައިގެން ދުވާލެއްގެ ކާނާގައި އެވަކާޑޯ ހިމަނާނަމަ ޓޯޓަލް ކޮލޮސްޓްރޯލް ލެވެލް ދަށްވުމާއި ހިތުގެބަލިތަކުން ސަލާމަތްވާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެވަކާޑޯއިން ކޮލޮސްޓްރޯލްގައި ހިމެނޭ ނުބައި ކޮލޮސްޓްރޯލް ލެވެލް % 22އަށް ދަށްވެ ރަނގަޅު ކޮލޮސްޓްރޯލް ލެވެލް %11މައްޗަށް ދެއެވެ.މީގެ އިތުރަށް ލޮލަށް ޖެހޭ ތަފާތު ބަލިތަކުންވެސް ދިފާއުކޮށްދެއެވެ.

އެވަކާޑޯއަކީ ޔަގީނުންވެސް ސިއްހީ ބޮޑެތި ފައިދާތަކެއް ލިއްބައިދޭއެއްޗެކެވެ. ޖޫހާ ސޭންޑްވިޗް ނުވަތަ ސެލެޑްހަދައިގެންވެސް ނުވަތަ އެހެން އެއްޗަކާނުލާވެސް ބޭނުންކުރެވިދާނެ މީރުމޭވާއެކެވެ.

މަސްދަރު: ހެލްތީލައިފް ފުޑްސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top