ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނީ ބ.ދަރަވަންދުއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް 62.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އއ. ހިމަންދޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. ކައްދޫއަށެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ 12:00 ޖެހުމާއި ހަމައަށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އައްޑުއާއި ފުވައްމުލަކަށް ހުދު ސަމާލު ނެރެފައެވެ.