އީދަށް މުޅި ރާއްޖެ ދިއްލައިލުން ހޯމަދުވަހުގެ ރޭ

l_171234185743OBYr.jpg

ކުރިއަށް އޮތް ފިތުރު އީދު ފާހަގަކުރަން މާލެއާއި ރާއްޖެތެރޭގެ ބޮޑެތި ރަށްރަށް ކުލަ ބޮކިތަކުން ދިއްލައި ޒީނަަތްތެރިކުރުމުގެ ހަރަކާތްތައް ފެށިފައިވާއިރު އަންނަ ހޯމަދުވަހުގެ ރޭ ހުރިހާ ރަށެއް އެއްފަހަރާ ދިއްލައިލަން ނިންމަވާފައިވާ ކަމަށް ލޯކަލް ގަވަނަސް މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތަކާއި ގިޑިގެތައް ހެދުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުން އިއްވުން ހިމެނެއެވެ.

އެކަމަށް ބޭނުންވާ ސާމާނު މިނިސްޓްރީން ވަނީ ހުރިހާ ހިސާބަކަށް ވެސް ފޮނުވައިފަ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ފިތުރު އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ހުރިހާ ރަށެއް ވެސް އެއްފަހަރާ ދިއްލައިލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މިހަރަކާތް ފައްޓަވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top