ޕައިލެޓް ކޯހުގެ އަގުތައް ހާމަކޮށްފި

314197_3_068c3de3101883ddb8bbb1610873a2246dd9245c_large-1.jpg

އައިލެންޑު އޭވިއޭޝަންގެ އެމްޑީ މިހާދު (ކ-2) އާއި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފު (ވ-2) ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީއިން ހިންގާ، އޭވިއޭޝަން އެކަޑެމީގެ ޕައިލެޓް ޓްރެއިނިންގެ ކޯސް ފީގެ އަގުތައް ހާމަކޮށްފި އެވެ.

އެ އެކަޑެމީން މިއަދު ކުރި އިއުލާނެއްގައި ބުނާ ގޮތުން  ޕައިލެޓް ކޯސް އިންޓަގްރޭޓެޑްކޮށް ކިޔަވާނަމަ ކޯސް ފީގެ ގޮތުގައި 58،007 ޑޮލަރު ނުވަތަ 894،468 ރުފިޔާ ރުފިޔާ ދައްކަން ޖެހެއެވެ. އަދި މޮޑިއުލާ އިހުތިޔާރު ކޮށް ކިޔަވާނަމަކޮށް ކިޔަވާ ނަމަ ދައްކަން ޖެހެނީ 59،626 ޑޮލަރު ނުވަތަ 919،479 ރުފިޔާ ކަމަށް އިއުލާނުގައި ބުނެފައިވެ އެެވެ.

މިއީ، އައްޑޫގައި ހިންގަމުން ދިޔަ އޭއޭއޭ ފްލައިން ސްކޫލަށް ވުރެ ބޮޑު އަގެކެވެ. އޭއޭއޭ އިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައި ވަނީ ކޯހަށް ކޮންމެ ދަރިވަރެއްގެ އަތުން 49،103 ޑޮލަރު ނަގާ ކަމަށެވެ.

މޮޑިއުލާކޮށް ކިޔަވާ ނަމަ ތަމްރީނުތައް ބަހާލާފައިވާނީ އެކި ފިޔަވަހިތަކަކަށެވެ. އަދި ތަމްރީނުތައް ކުރިއަށް ގެެންދަން ޖެހޭނީ ޕްރައިވެޓް ލައިސެންސް ނެގުމަށް ފަހު އެވެ.

އިންޓެގްރޭޓެޑް އިން ކިޔަވާ ނަމަ އަވަހަށް ކިޔެވުން ނިމޭނެ އެވެ. އޭވިއޭޝަން އެކަޑެމީން ބުނީ 18-24 މަސް ދުވަހުގެ ތެރޭގައި އިންޓަގްރޭޓެޑް ޕްރޮގްރާމް ނިމޭނެ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ވެސް ބައިވެރިވެގެން ހިންގާ އޭވިއޭޝަން ސްކޫލްގެ ކިޔެވުން މިދިޔަ މަހުަށާފައިވާއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ ފްލައިން ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top