ފެހެންދޫންފެނުނީ އެމްއެޗް370ގެ ބައެއްބާ؟

ފެހެންދޫން ފެނުނު މަތިންދާ ބޯޓްގެ ބައެއްކަމަށް ބެލެވޭ އެތި

ފެހެންދޫން ފެނުނު މަތިންދާ ބޯޓްގެ ބައެއްކަމަށް ބެލެވޭ އެތި

މިދުވަސްވަރު ރާއްޖޭގެ އެކިރަށްރަށަށް މަތިންދާބޯޓެއްގެ ބައިތަކެއްކަމަށް ބެލެވޭ އެއްޗެތިތަކެއް ލައްގަމުންދާވާހަކަ މީޑިއާގައި ދެކެވެމުންދަނިކޮށް ބ. ފެހެންދޫންވެސް އެކަހަލަ އެތިގަނޑެއްފެނިއްޖެއެވެ.

ފެހެންދޫން ފެނިފައިވަނީ އަށްފޫޓްހުންނަވަރުގެ އެތިގަނޑެއްކަމާއި އޭތިގަނޑު ފެނިފައިވަނީ މީގެ ތިންދުވަސްކުރިންކަމަށް އެރަށުން ވާހަކަ ދެއްކިމީހަކު މައުލޫމާތުދިނެވެ. އަދިމިހާރު އޭތިވަނީ ފުލުހުން ގެންގޮސްފައިކަމަށްވެސް އެމީހާ ބުންޏެވެ.

އެރަށާއެއްފަޅެއްގައި އޮންނަ ފުޅަދޫންވެސް އެފަދައެއްޗެއް ފެނިފައިވާކަމަށް ބައެއްމީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މީގެ ދުވަސްކޮޅެއްކުރިންވަނީ އިންޑިއާ ކަނޑުގެ ޖަޒީރާރަށެއްކަމުގައިވާ ރީޔުނިއަނުންވެސް މަތިންދާ ބޯޓެއްގެ ބައިތަކެއް ފެނިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ އެރަށުންފެނުނު މަތިންދާބޯޓުގެބައިތަކަކީ ގެއްލިފައިވާ އެމްއެޗް370ގެ ބައިތަކެއްކަމަށް ފްރާންސްގެ ތަހުލީލުތަކުން ޔަގީންކޮށްދީފައިވާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top