ސަމާލު! ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް

ޖކޖ.jpg

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެދިއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ނަންބަރު ތަކަކުން ވަޓްސްއަޕް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ އިދާރާ އިން ރާއްޖެއިން ބޭރުގެ ނަންބަރެއް ބޭނުންކޮށްގެން އެއްވެސް މީހަކަށް ނުގުޅާނެ ކަމަށް
ޝިފާން ވިދާޅުވިއެވެ.

މީގެކުރިންވެސް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅައި މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެ އެވެ.

ފުލުހުން ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު މިދުވަސްވަރު ޚާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top