އީދާ ގުޅިގެން މިމަހުގެ 24 އާއި 25 ބަންދު

big_1RSKelQvP9VYfne9Lblq7cmRo.jpg

އަޟްހާ އީދާ ގުޅިގެން މި މަހުގެ 24 ވާ އާދީއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދިނުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންކަމުން އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން މި މަހުގެ 31 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ޙައްޖު ދުވަސް ވަނީ، މި މަހުގެ 26 ވާ އަންގާރަ ދުވަހަށެވެ. އަދި އަޟްހާ ޢީދު ދުވަހަކީ މި މަހުގެ 27ވާ ބުދަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top