ހިތާދޫ މޮނިޓަރިން އަށް

b_JE4jqOaVmmQPjQyhUxkS7D5d0.jpg

ހިތާދޫ ކައުންސިލް އިދާރާ

ބ.ހިތާދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނިގެން އެރަށް މިއަދު މޮނިޓަރިންއަށް ލައި ރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހިތާދޫ މޮނިޓަރިންއަށް ލީ މާލެއިން އެރަށަށް ދިޔަ މީހެއްގެ ފަރާތުން އަލާމާތްތައް ފެނިގެން، އޭނާ ފުލޫ ކުލިނިކަށް ދެއްކުމުން ހެދި ކޮވިޑު ޓެސްޓު ޕޮޒިޓިވް ވެގެން ކަމަށް ހިތާދޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

އެ މީހާއާއި ކޮންޓެކްޓްވި އިތުރު ބަޔަކުވެސް ޕޮޒިޓިވް ވުމުން އެރަށުން ހަތް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި އެންމެންނަކީ އޭނާގެ އާއިލާގެ ހަތް މީހުން ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހިތާދޫއަކީ ވެކްސިންގެ 90 އިންސައްތަ ފުރިހަމަކޮށްފައިވާ ރަށެކެވެ. އެހެން ކަމުން ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުން، ޕީސީއާރް ޓެސްޓަކާ ނުލައި އެ ރަށަށް ދަތުރު ކުރެވޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top