އޭދަފުށީ ކައުންސިލުގެ ގުރުއާން މުބާރާތުން 1ވަނަ އަނާލް އަހްމަދު ބިލާލް

DSC_7171-765x510.jpg

މުޅި މުބާރާތުން 1ވަނަ އަނާލް އަށް ޝަރަފްވެރި މެހްމާން، އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ދެއްވަނީ --ފޮޓޯ :އީޓީ

164 ބައިވެރިން ވާދަކުރިި އޭދަފުށީ ކައުންސިލުގެ 1444ވަނަ އަހަރުގެ ގުރުއާން މުބާރާތުން 1ވަނަ،  ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 5 ގެ ދަރިވަރު އަނާލް އަހުމަދު ބިލާލު ހޯދައިފި އެވެ.

އަނާލް ވަނީ މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިންވެސް އެއްވަނަ ހޯދައިފައެވެ.

މުޅި މުބާރާތުން 1ވަނަ އަނާލް ހޯދާފައިވާއިރު މުބާރާތުން 2 ވަނަ ހޯދާފައިވަނީ އަމްނާއު އަހުމަދު ޝާހިދު އެވެ. ތިންވަނަ ހޯދީ ޝައިމާ ޢަބްދުﷲ އެވެ.

އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފް ވެރި ކޮށްދެއްވީ އޭދަފުށީ ފިނިހިޔާގޭ އައްޝައިޚް އަބްދުލް މަޖީދު މުހައްމަދު އެވެ.

މި މުބާރާތުގެ ރަންވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުމާއި ޓްރޮފީ ދިނުމުގެ އިތުރުން ، އެކި އުމުރު ފުރާތަކުން ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފައިވެ އެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ބަލައިގެންނާއި ނުބަލާ ކިޔެވުން ހިމަނައިގެންނެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ކީރިތި ގުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި މީހުންގެ ހިތްތަކުގައި ލޯބި ޖެއްސުން ކަމަށް ކައުންސިލުން ބުންޏެވެ.

މިމުބާރާތުގެ ފަނޑިޔާރުންނަކީ އަލްގާރީ އަހުމަދު ތައުފީގާއި ގާރީ އަބްދުލް ޖަލީލް އިސްމާއިލްގެ އިތުރުން ގާރީ އިބްރާހީމް ޝަރީފް އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top