ދައުުލަތުގެ ރިޒާވް ދަށަށް

ADH_7206kkki-1635660431192_hg2g7d.jpg

ދިވެހި ދައުލަތުގެ ރަސްމީ ރިޒާވް ޖުލައި މަހުގެ ނިޔަލަށް 728 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން އާންމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި މާޗު މަހުގެ ނިޔަލަށް 865 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު ވަނީ ވިދިވިދިގެން ހަތަރު މަހު ދަށަށް ގޮސްފަ އެވެ. އެއާއެކު ޔޫސަބަލް ރިޒާވު ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ

  • 2017 – 200.44 މިލިއަން ޑޮލަރު
  • 2018 – 180.56 މިލިއަން ޑޮލަރު
  • 2019 – 314.87 މިލިއަން ޑޮލަރު
  • 2020 – 173.08 މިލިއަން ޑޮލަރު
  • 2021 – 412.58 މިލިއަން ޑޮލަރު
  • 2022 ގެ މިހާތަނަށް – 282.02 މިލިއަން ޑޮލަރު

މި އަހަރުގެ ތެރޭގައި ރިޒާވު ނުދާހާ ދަށަށް ދިޔަ ނަމަވެސް، މިއީ ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރާއި ޖެހިގެން އައި އަހަރު އެވަރެޖުކޮށް ހުރި އަދަދުތަކާ ބަލާ ނަމަވެސް ރަނގަޅު އަދަދެކެވެ.

އެގޮތުން ކޮވިޑު އަހަރު ނިންމާލިއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރި ކަމަށް ދައްކަނީ 173.03 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ރިޒާވު އިތުރުވުމާ ގުޅިގެން އަހަރު ނިންމާލިއިރު ބޭނުންކުރެވޭ ރިޒާވުގައި 412.58 މިލިއަން ޑޮލަރު ހުރި ނަމަވެސް، މުޅި އަހަރުގެ އެވަރެޖަކީ 258.81 މިލިއަން ޑޮލަރެވެ.

މިހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުން ދިޔުމާ އެކީ މުޅީންހެން އެކްސްޕޯޓަށް ބަރޯސާވާ ދިވެހި އިގުތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top