އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕް: ބަޒޫކާ ބަލިކޮށް އޭދަފުށި އެއްވަނައަށް

big_5EgC32p1dDrXSGK9xiTmxp5s3.jpg

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި އިއްޔެ ކްލަބް އޭދަފުށި، ބަޒޫކާ ސްޕޯޓްސް ކްލަބް އާއި ބައްދަލުކުރި މެޗުން އޭދަފުށި މޮޅުވެ، ލީގު ބުރުގެ އެއްވަނައަށް ކްލަބް އޭދަފުށި ޖެހިލައިފި އެވެ.

އިއްޔެ ހަވީރު ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އޭދަފުށި މޮޅުވެފައިވަނީ 4-2 އިންނެވެ.

މި މުބާރާތުގައި އޭދަފުށިން ކުޅުނު ފުރަތަމަ މެޗުން ހިންނަވަރުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދިއިރު، ދެވަނަ މެޗުގައި ވެލިދޫ އަތުން ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ތިންވަނަ މެޗުގައި ނައިފަރު ޗެލްސީ އެފްސީ އަތުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ލީގު ބުރުގެ އެއްވަނައަށް އޭދަފުށި ޖެހިލީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ހިންނަވަރަށްވެސް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު އޭދަފުއްޓަށް ކުރިލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި ޗެލްސީން އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ނަތީޖާ އާއެކު ލީގު ބުރުގެ ފަހު މެޗު ކާމިޔާބުކޮށް ޗެލްސީއަށް ލީގު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިމުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50.000 ރުފިޔާ ކަނޑައަޅާފައިވާއިރު ދެވަނަ ޓީމަށް 15.000 ރުފިޔާ ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top