ރެޑްވޭވް އިން މިފަހަރު ތައާރަފް ކުރަނީ ޔޫރަޕްގެ އޯގަނިކް ޖޫސް

5e2bc480-8913-4a57-ba11-fee2862ec6be.jpeg

ރާއްޖޭގެ ބާޒާޒުގައި އާްމްުންނަށް އަތްފޯރާ ފަށުގައި ގިނަ ބާވަތްތަކުގެ މުދާ ވިއްކުމުގައި އެންމެ ކުރީގައި އުޅޭ ރެޑްވޭވް ކުންފުނިން މިފަހަރު އަލަށް ތައާރަފްކުރަނީ ޔޫރަޕްގެ ކޮލިޓީ އޯގަނިކް ޖޫސް ބްރޭންޑެއް ކަމުގައިވާ “އޯގަނިކް ލައިފް”ގެ މޭވާ އާއި ތަރުކާރީ ޖޫހެވެ.

އޯގަނިކް ލައިފް އަކީ ތުރުކީގެ “އެލީޓް ނެޗުރަލް” ކުންފުނީގެ ބްރޭންޑެކެވެ. މިއީ އޯގަނިކް ކާނާ އުފެއްދުމުގައި 20 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އޯގަނިކް ލައިފް ޖޫސް ތައްޔާރު ކުރެވިފައިވަނީ ހަކުރު، ކުލަ އަދި މުއްދަތު ދިގުކުރުމަށް އެޅޭ އެއްވެސް ކަހަލަ އާޓިފިޝަލް ތައްޔާރީ ބާވަތެއް ނުހިމެނޭ ގޮތަށެވެ.

ހަމައެކަނި ތަރުކާރި އަދި މޭވާއިން ތައްޔާރުކުރެވިފައިވާ މި ޖޫހަކީ ސިއްހަތަށް ހާއްސަ ސަމާލުކަން ދީގެން އުޅޭ ފަރާތްތަކަށާއި އަދި ކަސްރަތުކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ބުއިމެކެވެ.

ރެޑްވޭވް އިން އޯގަނިކް ލައިފް ޖޫސްގެ ފަސް ބާވަތެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ ރެޑް އެންޑް ބެރީ، ވޯޓާ މެލަން، ގްރީން އެންޑް ކްލީން އަދި އިމުއުނިސްޓް ބޫސްޓް އާއި ޓާޓް ޗެރީއެވެ.

އޯގަނިކް ލައިފްގެ އިތުރުން ރެޑްވޭވް އިން ޔޫރަޕްގެ މަޝްހޫރު ޖޫސް ބްރޭންޑުތައް ކަމަށްވާ ޖަފާ، ފެނާ އަދި ވިޓާ ޖޫސް، ވަކިން އަދި ގަނޑުކޮށް ރެޑްވޭވްގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top