މިލައިދޫ އަތުން ބޮޑުތަފާތަކުން ފިނޮޅު މޮޅުވެއްޖެ

DSCN3621.jpg

ފިނޮޅު ރިސޯޓާއި މިލައިދޫ ބައްދަލު ކުރި މެޗްގެ ތެރެއިން

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މެޗު މިލައިދޫ އަތުން ތަފާތު ބޮޑުކޮށް ފިނޮޅު ރިސޯޓް މޮޅުވެއްޖެއެވެ.

6-1 ގެ ނަތިޖާ އާއެކު މިމެޗުން ފިނޮޅު މޮޅުވުމުން އެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ވަނީ ޖާގަ ކަށަވަރުވެފައެވެ. ފިނޮޅާއެކު މި ގްރޫޕުން ސެމީއަށް ގޮސްފައިވަނީ އަނަންތަރާ ކިހަވައް ވިލާސް އެވެ.

ގްރޫޕް އޭ އިން ސެމީއިން ޖާގަ ލިބިފައިވަނީ ސޮނެވާފުއްޓާއި ދުސިތު ތާނީ އަށެވެ.

މިއަދުގެ މެޗުގައި ފިނޮޅު ޓީމްވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ 15 މިނިޓްގެ ތެރޭގައި ފިނޮޅުންވަނީ މެޗްގެ ފުރަތަމަ ލަނޑު ޖަހައި ޓީމަށް ލީޑް ނަގައިދީފައެވެ. މި ލަނޑު ޖަހާފައިވަނީ މުހައްމަދު ރީހާން އެވެ. އޭގެ 10 މިނިޓް ފަހުންނާއި މެޗް ގެ 37 ވަނަ މިނިޓްގައި ފިނޮޅުގެ އަހުމަދު ނިޒާމްވަނީ އިތުރު ދެލަނޑު ޖަހައި ލީޑް ފުޅާ ކޮށް ދިނެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މިލައިދޫވެސް ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހާފައެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މުހައްމަދު ބައްސާމު އެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ފިނޮޅުން ނެވެ. ނަތީޖާއަކީ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ގެއްލުނު ނަމަވެސް އިތުރު 3 ލަނޑާއެކު 6-1 ގެ ނަތިޖާ އަކީ މި މުބާރާތުގައި މިހާ ތަނަށް އެންމެ ގިނަ ގޯލް ޖެހި ޓީމަށް ފިނޮޅު ރިސޯޓް ވެގެން ދިއުމެވެ.

ފުރަތަމަ ސެމީ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމާ އެވެ. ގްރޫޕްތަކުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު އެނގޭނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުންނެވެ.

 

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ވައްކަރު މޯލްޑިވްސް އާއި ދުސިތު އެވެ. މިއީ ގްރޫޕް އޭ ގެ ފަހު މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top