އޭދަފުށި ސެމީއަށް

viber-image-1.jpg

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި ރޭ ހދ. ނައިވާދޫ އާ ވާދަކޮށް 7-3 އިން އޭދަފުށި މޮޅުވެ މުބާރާތުގެ ސެމީއަށް ހިނގައްޖެއެވެ.

މި މެޗުގައި އޭދަފުއްޓަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އިޝާން އިބްރާހިން (ސައްޓު) އެވެ. މި ލަނޑަށްފަހު ގިނައިރުތަކެއް ނުވެ އަހުމަދު އަޝްރަފް (ސޮބީ) ވަނީ އިތުރު ލަނޑެއް ޖަހައި އޭދަފުއްޓަށް  ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނާވައިދޫން ވެސް ލަނޑެއް ޖަހައި ނަތީޖާ އަށް ބަދަލު ގެނައެވެ.

އޭދަފުށީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އިޝާން އިބްރާހިމް (ސައްޓު)އެވެ. ސައްޓު ވަނީ މި މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

ނާވައިދޫން ކާމިޔާބުކުރި ދެވަނަ ލަނޑާއި ތިން ވަނަ ލަނޑަކީ ފަސް ފައުލް ހަމަވެގެން ލިބުނު ޕެނަލްޓީ ތަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ.

މި މެޗުގައި ފަސް ފައުލް ހަމަވެގެން އޭދަފުއްޓަށްވެސް ވަނީ ދެ ޕެނަލްޓީ ލިބިފައެވެ.

ފުރަތަމަ ޕެނަލްޓީ އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް (ސޮބީ)އެވެ. މި ލަނޑުގެ އިތުރުން ވެސް އޭނާ ވަނި ލަނޑެއް ޖަހައި ހެޓްރިކް ވެސް ހަދާފައެވެ. އޭދަފުށިން ކާމިޔާބުކުރި ހަތް ވަނަ ލަނޑަކީ، ނާވައިދޫ ކުޅުންތެރިންގެ ފައުލަކާ ގުޅިގެން ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހަމްދާން އަބްދުއްސައްތާރު ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ސެމީ ފައިނަލުގައި އޭދަފުށި ބައްދަލު ކުރާނީ މާލޭ މާފަންނު ޓީމާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top