ސާފް ސުޒުކީކަޕްގައި އޭދަފުށީގެ ތިން ކުޅުންތެރިން

l_145076875411rz54.jpg

ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް. ފޮޓޯ : ސަން އޮންލައިން

އޭދަފުށީގެ ތިން ކުޅުންތެރިންނާއެކު ،އިންޑިއާގެ ޓްރިވެންޑްރަމްގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީކަޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމްގެ ސްކޮޑް އިއުލާންކޮށްފިއެވެ.

އެ ތިންކުޅުންތެރިންނަކީ ނިއުރޭޑިއަންޓްސްޕޯޓްސްކްލަބްގެ ޝާފިއު އަހްމަދާއި އެޓީމުގެ ހަމްޒާމުހައްމަދު އަދި ޓީސީއަށް ދާދިފަހުން ބަދަލުވެފައިވާ އަލީފާސިރު އެވެ.
މި ކުޅުންތެރިންނާއެކު ސާފް ސުޒުކީ ޗެމްޕިއަން ޝިޕްގެ ގައުމީ ސްކޮޑްގައި ހިމެނެނީ
• އަހުމަދު އިމާޒް (އާއްކޮ)
• އަހުމަދު ނާޝިދު (ނާއްޓޭ)
• އަމްދާން އަލީ (އެންޑީ)
• އަސަދުﷲ އަބްދުﷲ (އަސައްކޮ)
• އިމްރާން މުހައްމަދު
• ސަމްދޫހް މުހައްމަދު
• މުހައްމަދު ފައިސަލް
• އަންސަރު އިބްރާހިމް (އަންކޮ)
• އިސްމާއިލް އީސާ (މެސީ)
• އަހުމަދު އަބްދުﷲ (ލިލީ)
• އަސްހަދު އަލީ (އަޑޭ)
• ނާއިޒް ހަސަން (ދާދު)
• މުހައްމަދު އިމްރާން (ކުޑަ އިމްރާން)
• އިބްރާހިމް އަބްދުﷲ (އިއްބެ)
• ސަމޫހު އަލީ (ސަމުއްޓޭ)
• އަލީ އަޝްފާގް (ދަގަނޑޭ)
• އަހައްމަދު އާރިފް (ބަކާ)

މިޓީމާބެހޭ ގޮތުން ގައުމީ ޓީމްގެ ކޯޗް ރިކީހާބަޓް ބުނީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން އޭނާ މަސައްކަތްކުރަނީ މުސްތަގްބަލަށް ވިސްނައިގެން ވަރުގަދަ ޓީމެއް އުފައްދަން ކަމަށާއި ޒުވާން ކުޅުންތެރިންނާއެކު ޓީމްގެ ސީނިއަރކުޅުންތެރިން ގުޅިގެންޓީމަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމުގައެވެ. އަދި މި މުބާރާތުގައި ދިވެހިން ފަޚުރުވެރިވާފަދަ ކާމިޔާބެއް ހޯދާނެކަމުގައި އޭނާ ބުންޏެވެ.

ސާފް ސުޒުކީ ކަޕްގެ ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުމަށް ފަހު، ގްރޫޕް ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top