ވޯލްޑްކަޕް މެޗްބަލަން ހޭލާހުރި މީހަކު މަރުވެއްޖެ

World-Cup-TV-top.jpg

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބެލުމަށް ނުނިދާ ހޭލާ ހުރި ޗައިނާ މީހަކު މަރުވެއްޖެއެވެ.

އުމުރުން 25 އަހަރުގެ މި ޒުވާނާ މަރުވެފައިވަނީ ޖެހި ޖެހިގެން އެތައް ރޭ ވަންދެން ވޯލްޑް ކަޕް މެޗުތައް ބެލުމަށް ނުނިދާ އުޅެނިކޮށެވެ.

ބްރެޒިލް އާއި ޗައިނާގެ ވަގުތުގެ ތަފާތު 11 ގަޑިއިރުގައި އުޅޭއިރު ބްރެޒިލްގައި ކުޅޭ މެޗުތަކާއި ޗައިނާ އާއި ދިމާވަނީ ބޮޑަށް ރޭގަނޑު ގަޑީގައި އެވެ. ޝަންހާއީ ކައިރީގައި އޮންނަ ސުޒޯގައި ދިރިއުޅޭ މިމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގޭގެ ޓީވީ ކައިރީގައި އޮއްވަ އެވެ.

އަދި އޭނާ މަރުވެފައިވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮލެންޑާއި ސްޕެއިން ކުޅުނު ރޭގައި އެވެ. މި މެޗު 5 – 1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ހޮލެންޑެވެ.

ހޮލެންޑާއި ސްޕެއިން މެޗު ފަށާފައިވަނީ ޗައިނާ ގަޑިން އެރޭ ފަތިހު ހަތަރެއް ޖެހިއިރު އެވެ. އަދި އެ މެޗު ނިމިފައިވަނީ ހެނދުނު 6 ޖަހަން އުޅެނިކޮށެވެ.

ސުޒޯ އަށް ނިސްބަތްވާ މި މީހާ މަރުވެފައިވަނީ މެޗްތައް ބަލަން ދުވަސްތަކެއް ވަންދެން ހޭލާ ހުރުމުގެ ސަބަބުން ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާއިރު ޑޮކްޓަރުންނާއި ޗައިނާގެ މެޑިކަލް ޓީމުން މިހާރު ދަނީ ނިދި ގެއްލުވާލުމަށްފަހު މެޗުތައް ބެލުމުގެ އުސޫލު ދޫކޮށްލުމަށް ގޮވާލާފައެވެ.

ވޯލްޑް ކަޕް ބަލަން ނުނިދާ ހުރި ޗައިނާ މީހަކު މަރުވެފައިވާއިރު މީގެކުރިން ވެސް އެގައުމުގައި އެފަދަ ކަމެއް ހިނގާފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗްތައް ބެލުމަށް 11 ރޭ ހޭލާ ހުރި ޗައިނާ މީހެއް ވެސް ވަނީ މަރުވެފައެވެ.

އަދި 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ވެސް ޗައިނާ ގައި ނިދި ނުލިބުމުގެ ސަބަބުން ބަލިވެގެން އެތައް ބަޔަކު ހޮސްޕިޓަލުގައި އެދުމަތި ކުރަން ޖެހުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top