މިދިޔަ މަހު އެންމެ ގިނައިން ސަރވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް އަނަންތަރާ ކިހަވައް

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

ވޭތުވެދިޔަ މޭ މަހު ބ.އަތޮޅުގެ ރިސޯޓްތަކުގެ ތެރެއިން ސާވިސް ޗާޖުގެ ގޮތުގައި އެންމެގިނަ ފައިސާ ލިބިފައިވަނީ އަނަންތަރާ ކިހަވައް ވިލާސް ކަމަށް ރިސޯޓް މޯލްޑިވްސް ވެބްސައިޓުން ބުނެފިއެވެ.

އަނަންތަރާ ކިހަވައްވިލާސް އިން މޭމަހު ސަރވިސްޗާޖްގެ ގޮތުގައި މުވައްޒަފަކަށް ލިބިފައިވަނީ 916 ޑޮލަރ ނުވަތަ 14125ރުފިޔާއެވެ.

ބ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓުތަކުގެ ތެރެއިން ދެން އެންމެ ގިނައިން ސާވިސްޗާޖް ދީފައިވަނީ ދުސިތު ތާނީ އިންނެވެ. މިރިސޯޓުން 700 ޑޮލަރު ނުވަތަ 10794ރ. މުވައްޒަފުންނަށް ލިބިފައިވެއެވެ.

ބ.އަތޮޅުގައި ހިންގަމުން އަންނަ ފޯސީޒަން ރިސޯޓުން މި ދިޔަމަހު ސާވިސްޗާޖްގެ ގޮތުގައި މުވައްޒަފަކަށް ލިބިފައިވަނީ 628 ޑޮލަރ ނުވަތަ 9684ރުފިޔާއެވެ. ވެބްސައިޓްގައިވާ މައުލޫމާތު ތަކަށް ބަލައިގެން ބ.އަތޮޅުގައި ހިންގާ އެހެނިހެން ރިސޯޓު ތަކުގެ މައުލޫމާތު ހިމަނާލަމެވެ.

ވެސްޓިން މިރިޔަންދޫ     500ޑޮލަރ ނުވަތަ 7710 ރުފިޔާ

ފިނޮޅު ރިސޯޓުން       476 ޑޮލަރ ނުވަތަ 7340ރުފިޔާ

އަމިއްލަފުށި          360 ޑޮލަރ ނުވަތް 5551ރުފިޔާ

ވައްކަރު މޯލްޑިވެސް     334 ޑޮލަރު ނުވަތަ 5150 ރުފިޔާ

އޭޕްރިލް މަހާ އަޅާބަލާއިރު މިދިޔަ މަހު ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދީފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ 146 ރިސޯޓު އޮތް އިރު ސާވިސް ޗާޖް ދިން ކަމަށް މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައިވަނީ އެންމެ 52 ރިސޯޓަކުންނެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top