‘ރައީސް’ ‘ކާބިލް’ އަށްވުރެ މާކުރީގައި

Raees-Kaabil-678x381.jpg

ކާބިލް- ރައީސް ގެ ޕޯސްޓަރެއް

މިމަހު 25 ގައި ސިނަމާތަކަށް ނުކުތް ރިތިކްރޯޝަންގެ ކާބިލްއާއި ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކްޚާންގެ ‘ރައީސް’ އާއި ދެފިލްމް އަޅުވާކިޔާލެވޭ ވަރަށްވުރެ ‘ރައީސް’ އުޅެނީ މާކުރީގައިކަމަށް ބޮލީވުޑު ޚަބަރުތައް ބުނަން ފަށައިފިއެވެ.

‘ރައީސް ‘ އަށް ފުރަތަމަ ދުވަހު އެކަނިވެސް 20.25 ކުރޯޑު ލިބިފައިވާއިރު ކާބިލްއަށްލިބިފައިވަނީ އެންމެ 10.43 ކުރޯޑު ރުޕީސް އެވެ.

އެކަމަކު ދެވަނަ ދުވަހުގެ ކަލެކްޝަނަށް ބަލާއިރު ރިތިކްރޯޝަން އާއި ޔާމީގޯތަމް ލީޑް ކޮށްފައިވާ ކާބިލް ވަނީ %80ގެ ކުރިއެރުމެއް ހޯދައި 29.10 ކުރޯޑާ ހަމައަށް ޖެހިލާފައެވެ. މިއީ ފިލްމަށް ލިބުނު ބޮޑު ކާމިޔާބެއްކަމުގައި އެނަލިސްޓުން ބުނެއެވެ.

ޝާހްރުކް ޚާން އާއި ޕާކިސްތާން އެކްޓްރެސް މާހިރާ ޚާން ލީޑް ރޯލުން ފެނިގެންދާ ‘ރައީސް’  އަށް ދެވަނަ ދުވަހު 26 ކުރޯޑު ލިބިފައިވާއިރު ދެދުވަހުގެ ތެރޭގައި 46 ކުރޯޑު ލިބިފައިވެއެވެ. ފިލްމް އެންމެ ބޮޑަށް ހިނގާފައިވަނީ މުންބާއީ ޝަހަރުގެ އިތުރުން ހުޅަނގު ބެންގާލް ގައެވެ.

ސިނަމާ ތަކުން ބުނެފައިވަނީ ބޮޑު ތަފާތެއް ދެ ފިލްމުން ފެނިގެންދަނީ ‘ކާބިލް’ ގެ  ވާހަކަ ކަމުނުދާތީ ނޫންކަމަށާއި ދެ ފިލްމުގެ ވާހަކަވެސް ރީތި ކަމުގައެވެ.

އެކަމަކު ‘ރައީސް’ އަށް ބޮޑު ތަރުހީބެއް ލިބެމުންދަނ އެފިލްމު ބަލަން ވަންނަ ގިނަ މީހުންނަކީ ޝާހްރުކް ގެ ސަޕޯޓަރުން ކަމުގައި ވާތީއެވެ.

‘ރައީސް’ ގައި ޝާހު ފެނިގެން ދަނީ އިންޑިއާގެ ގުޖުރާތުގައި ގާނޫނާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރާ ރައީސް އަލަމް ކިޔާ މީހެއްގެ ރޯލުންނެވެ. ފިލްމުގައި ޝާހު ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top