ފާތިހު އަންހެނުންގެ ފޯނު ހިފަހައްޓއިފި

file_w5wh7m.jpg

ފާތިހު: މިއީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ހައްޔަރު ކުރި ހަތަރު ވަނަ މީހާ --

ޓެރަރިޒަމްގެ ތުހުމަތު ތަކެއްގައި ދަރަވަންދޫން ހައްޔަރުކުރި ލ. ގަން ތުނޑި، ދުންފިނިއުފާ، އަހްމަދު ފާތިހުގެ އަނބިމީހާގެ ފޯނު ހިފަހައްޓައިފިކަމަށް މައުލުމާތު ލިބިއްޖެ އެވެ.

ފާތިހު، ދަރަވަންދޫ އަންހެނަކާ ކައިވެނި ކުރީ ރޯދަ މަސް ނިމުމާ ގާތްވެފައި ވަނިކޮށް ދަރަވަންދުއަށް އައިސް ފުރަބަންދު ކަރަންޓީނުގައި ހުރެ، އޮންލައިން ކޮށެވެ.

ފާތިހު އަންހެނުންގެ ފޯނު، ފުލުހުން ހިފަހައްޓާފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު ކުރަމުންދާ މިފަދަ މައްސަލަތަކާ ގުޅޭ އެފަދަ ތަފްސީލީ މައުލޫމާތު ފުލުހުން އާންމު ނުކުރާ ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ފާތިހު ހައްޔަރު ކުރީ، އޭނާ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުން އޮތް ކަން ހާމަވެ، މިމަހު 19 ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top