މޫސުން ރަނގަޅުނަމަ މާދަމާ އީދުނަމާދު ކުރާނީ ފުޓްބޯޅަ ދަނޑުގައި

large_1504241610249810.jpg

ސެޕްޓެމްބަރ 1، 2017: މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ރަނގަޅު ނަމަ މާދަމާ އޭދަފުށީގައި އަޟްޙާ އީދު ނަމާދު ކުރާނީ ބޮޑު ޖަމާއަތުގައި އޭދަފުށީގެ ފުޓްބޯޅަ ދަނޑުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ މިއހަރުގެ ބޮޑު އީދު ނަމާދު ކުރުން ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖެއްސީ ކައުންސިލާއި ފޭލި ޖަމިއްޔާ ގުޅިގެން ކަމަށާއި ބޭނުމަކީ ތަނަވަސް މައިދާނެއްގައި އެންމެން އެއް ތަނެއްގައި އީދު ނަމާދު ކުރުމަށްފަހު އެކުވެރިކަމާއެކު އެކަކު އަނެކަކާ ބައްދަލުވެ އީދުގެ އުފާ ލިބިގަތުން ކަމުގައެވެ.

ކުރީއަހަރުތަކުގައި އޭދަފުށީގައި ދެ މިސްކިތުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވިޔަސް މިއަހަރު ބޮޑު ޖަމާއަތުގައި ކުރާނަމަ އީދު ނަމާދުކުރާނީ ހަމައެކަނި ރަސްމީ ދަނޑުގައެވެ.

އީދު ނަމާދު ކުރުމުގެ އިންތިޒާމު އެންމެންނަށް އަމާން ކަމާ ފަސޭހަކަމާއެކު ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވަކި ގޭޓުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށާ ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް ފޭލި ޖަމިއްޔާ އިން ބުނެއެވެ.

މީގެ އިތުރުން ޓްރެފިކް ކުޑަކުރުމުގެ ގޮތުން ހިނގާފައި އީދު ނަމާދަށް ދިއުމަށް އެދޭ ކަމަށާއި އުޅަނދު ޕާކުކުރުމަށް، ވަކި ތަނެއް ހާއްސަ ކޮށްފައިވާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.

ފޭލި ޖަމިއްޔާ އާއި ގުޅިގެން މި އަހަރު އޭދަފުުށީގައި ބޮޑު އީދު ނަމާދު ކުރުމަށް ރަށު ކައުންސިލުން ނިންމާފައި ވާއިރު މީގެ ކުރިން ކްލަބް ބިގިނާސްގެ ފަރާތުންވެސް ވަނީ އެ ޖަމިއްޔާގެ ފަރާތުން ރަސްމީ ދަނޑުގައި ހަމަ މިގޮތަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު ރަށު ކައުންސިލާ ގުޅިގެން  ކޮށްދިނުމަށް އެދި ރަށު ކައުންސިލުގައި އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top