މުސާރައިގެ ކުރިއެރުން ލިބުނު ޓީޗަރުންގެ މަައުލޫމާތު ހިއްސާކުރުމަށް އަންގަވައިފި

DSCN1345.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިމަތި.

ވަޒީފާގެ ކުރިއެރުމާ ގުޅިގެން މުސާރައާއި އިނާޔަތް ދީފަައިވާ ޓީޗަރުންގެ މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެ މިނިސްޓްރީން ސަރުކާރުގެ ހުރިހާ ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވަޒީފާގެ ކުރިއެރުން ލިބިފައިވާ މުވައްޒަފުންގެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ދިވެހި ސިވިލް ސާވިސްގެ މަގާމުގެ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުން މަތީ ރޭންކުގެ ޝަރުތު ހަމަވުމުން ދެވޭ ވަޒީފާގެ ރޭންކުގެ ކުރިއެރުން ލިބުނު މުވައްޒަފުންގެ މައުލޫމާތު ފޮނުއްވުމަށް އެދޭ ކަމަށް ވެސް އެ އެންގުމުގައި ބުނެފައި ވެއެވެ.

އަދި ވަކި މުއްދަތެއްގައި އެ ރޭންކެއްގައި ޚިދުމަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުން ވަކި އިންސައްތައަކަށް ވުރެ މަތިން މާކްސް ހޯދުމުން ދެވޭ މަގާމުގެ ގްރޭޑް ކުރިއެރުން ލިބުނު މުވައްޒަފުންގެ މައުލޫމާތު ވެސް އެ މިނިސްޓްރީއާ ހިއްސާކުރުމާއެކު އެ ހުރިހާ މައުލޫމާތެއް އަންނަ ހޮނިހިރު ދުވަހުގެ 2:00 ގެ ކުރިން އެ މިނިސްޓްރީއަށް އީ-މެއިލްގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ހިއްސާކޮށް ދިނުމަށް އެދޭ ކަމަށް ވެސް އެޑިއުކޭޝަންގެ އެންގެވުމުގައި ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top