ބޮޑު ޖަމާއަތުގައި އޭދަފުށީގައި ބޮޑުއީދު ނަމާދު ކޮށްފި

DSCN7770-1.jpg

އޭދަފުށި

މިއަހަރު އަލަށް އޭދަފުށިގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފިއެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުރެވުނު އީދު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަކުދިންވެސް ވަނީ ބައިވެރި ވެފައެވެ. އީދު ނަމާދަށްފަހު އެކަކު އަނެކަކާ ހިތްހެޔޮކަމާއެކު ހިނިތުންވެ ތިބެ ސަލާންގަލާން ކޮށް އެކަކު އަނެކަކަށް އީދުގެ ތަހުނިޔާ ކިޔަމުން ދިޔައިރު މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ އުޚުއްވަތް ތެރިކަމުގެ ރީތި އިސްލާމީ ނަމޫނާ އެއް ވަނީ ފެނިފައެވެ.

މިއަދުގެ އީދު ހުތުބާގައި ، އަޟްހާ އީދަކީ ގުރުބާނީގެ ދުވަހެއްކަން ފާހަގަކޮށް، އިބްރާހީމްގެފާނަށް މާތްﷲ ކުރިމަތިކުރެއްވި އިމްތިހާނުގެ ވާހަކަތަކެއްކަމަށް ހަނދާން ކޮށްދެއްވާފައެވެ. އަދި އީދު ދުވަހަކީ ނަފްސުގެ ޝަހާވަތްތަކާއި ހަވާނަފްސުގެ ދަހިވެތިކަމާއި ހަސަދަވެރިކަމާއި ނީހަވެރިކަމާއި ދެބައޮޑުވުމާއި ނެތިމޮށުމުން މިނިވަންކޮށްދޭ އީދަކަށް ވާންޖެހޭނެކަމަށްބުނެފައިވެއެވެ.

ފަސޭހަކަމާ އަމާންކަމާއެކު އޭދަފުށީ ރައްޔިތުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހުމާއެކު ބޯޅަ ދަނޑުގެ ސަރަހައްދުގައި ތޮއްޖެހުމާއި ޓްރެފިކް މަދު ކުރުމުގެ ގޮތުން ހުރިހާ އެންމެންވެސް އީދު ނަމާދު ކުރުމަށް ދަނޑާ ހަމައަށް އައިސްފައިވަނީ ފައިމަގުގައި ހިނގާފައެވެ. އަދި ސަރަހައްދުގެ ޓްރެފިކް ބެެހެއްޓުމަށް އޭދަފުށީގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން ވަނީ ހަރަކާތްތެރި ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top