އޭދަފުށީގައި އާ ބޭކަރީއެއް ހުޅުވައިފި

ބޭކަރީ.jpg

ތްރީއެން ބޭކަރސް ޝޮޕް ގެ ނަމުގައި އޭދަފުށީގައި މިއަދު އާ ބޭކަރީއެއް ހުޅުވައިފިއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާގެ މަސްލަހަތު އޮންނަ މި ބޭކަރީ ހުޅުވާފައިވަނީ މުޅި ބ.އަތޮޅަށް ބޭނުންވާ ވަރަށް ބޭކަރީގެ އުފެއްދުންތައް ތައްޔާރު ކުރެވޭ ފެންވަރުގައި ފަހަރަކު 39 ޕާން ހެދޭ އަވަނަކާއި ބޭކަރީއަކަށް ބޭނުންވާނެ ގިނަ މެޝިން ތަކަކާ އެކުގައެވެ.

“ބޭކަރީ ގައި އަދި މި އުފައްދަނީ ޕާނާއި ބަނަހުގެ ވައްތަރު ތަކާއި ޕިއްޒާ ފުއްގަނޑު ފަދަ ތަކެތި. ނަމަވެސް އަވަސް މުސްތަގްބަލެއްގައި ޕޭސްޓްރީގެ އުފެއްދުން ތައްވެސް ތައާރަފް ކުރާނަން. އަޅުގަނޑުމންގެ އަމާޒު ހުރީ ބޭކަރީއަކުން ދެވޭ ހުރިހާ ޚިދުމަތެއް ކޮލިޓީއާ އެކު މުޅި އަތޮޅަށް ބޭނުންވާ ވަރަށް ދިނުން ” ތްރީއެން ބޭކަރސްގެ ފަރާތުން ވާހަކަ ދެއްކެވި ޔޫސުފްމޫސާ ވިދާޅުވިއެވެ.

ޔޫސުފް އިތުރަށް ވިދާޅުވީ މި ތަނުގައި މަސައްކަތް ކުރަނީ މާލޭގެ މަޝްހޫރު ބޭކަރީއެއްގައިގނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާ ހުރި ދެމީހުން ކަމަށް ވާތީ ކޮލިޓީއާ މެދު ސުވާލެއް ނެތް ކަމަށެވެ.

ތްރީ އެން ބޭކަރސްގެ ދެ މުވައްޒަފަކު މަސައްކަތުގައި

ތްރީއެން ބޭކަރސްގެ އުފެއްދުންތައްވެސް ހުރީ އެންމެ އާދައިގެ މީހާވެސް އަތްފޯރާ ފެންވަރުގައެވެ. އެގޮތުން ޕާނެއް ވިއްކަނީ 16 ރުފިޔާ އަށެވެ.

އޭދަފުށީގައި އާ ބޭކަރީއެއް މިއަދު ހުޅުވިއިރު މިހާރުވެސް އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ޑޭޒީ ބޭކަރީ ވެސް އަންނަނީ ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top