ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

l_1576564740669Ym.jpeg

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީވެގެން ކިހާދޫގައި ހަދާފައިވާ ކޮމިޔުނިޓީ ޕާކް. -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ގެ “އަހަރެންގެ ބޭންކް” ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިއަހަރުގެ ދެވަނަ ފިޔަވަހީގައި ހުޅުވާލި ފުރުސަތުގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ދަށުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

މި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ މީހުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ 11:59ގެ ކުރިން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ބޭންކަށް ހުށަހަޅަން ޖެހޭނެ އެވެ. މި ލިޔެކިޔުންތައް ބޭންކުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބީއެމްއެލުން ވަނީ މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 45 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top