އިންޓަނެޓް އަގުހެޔޮކޮށް އާ އަގުތައް މާދަމާ އިއުލާނު ކުރަނީ !

Raees-Ibrahim-Mohamed-Solih-1024x683-o6sh9xd52hfkdvcqt6f8e3cb9qujag0y33ke73jka8.jpg

ރައީސް އިބްރާހީމް މުހައްމަދު ސާލިހު--ފޮޓޯ: ރައީސް އޮފީސް

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް ސަރުކާރުން މާދަމާ އިއުލާނު ކުރާގޮތަށް ހަމަޖައްސައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނު ކުރުމަށް ހަމަޖެހިފައިވަނި މާދަމާ އޮންލައިންކޮށް ބާއްވާ ރަސްމިއްޔާތެއްގައެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން މައުލުމާތު ހާމަ ކުރާ ގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5ރ. އަށް ވެއްޓިގެން ދާނެ އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 ޕަސެންޓު ވަރު ހެޔޮ އަގެކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ. މިހާރު ރާއްޖޭގެ މޮބައިލް އޮޕަރޭޓަރުންނަށް އެކި ރަށްރަށުން ޓަވަރު ޖެހުން ފަދަ ކަންކަމަށް ބިން ދޫކޮށްފައިވަނީ އެކި އަގު ތަކުގަ އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ވައުދަކަށް ވާއިރު މިހާހިސާބަށް އައި އިރުވެސް އެކަން އަދިވެސް ކޮށްދެވިފައިނުވާތީ ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގިނަ މަސައްކަތް ތަކެއް ކުރެއްވި އެވެ. ނަމަވެސް މިނިސްޓަރު ކަމުން މަލީހް ވަކިކުރި އިރުވެސް އެކަން އޮތީ ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top